ޕީސީބީއަށް ތިން މެމްބަރުން އައްޔަންކޮށްފި

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބެލެނިވެރި ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އަށް ތިން މެމްބަރުން ރައީސުލްޖުމްހުރީއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު އައްޔަނުކުރައްވައިފިއެވެ.
ޕީސީބީއަށް އައްޔަންކޮށްފައިވާ ބޭފުޅުންނަކީ:
- އެކައުންޓިންގ އެންޑް ފައިނޭންސްގެ ދާއިރާއިން: ދަފްތަރު. ނަންބަރު ރސ 4652. އަޙްމަދު މުޝްތާޤު
- ބޭންކިންގގެ ދާއިރާއިން: ވ. ބްލޫއޯޝަން، ލީނާ ޢަބްދުލްޖަލީލް
- ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން: ރަންކޮކާގެ، ށ.ކޮމަންޑޫ، އަލްއުސްތާޛު މޫސާ ފަތުޙީ އާދަމްއެވެ.
ޕީސީބީ ގާނޫނީ ހުސްކަމަކަށް ދިޔައީ ކުރިން ތިބި މެމްބަރުންގެ ދައުރު ހަމަވީ ފަހުން އެ މަގާމުތަކަށް މެމްބަރުން އައްޔަނު ނުކުރާތީއެވެ.