ޚަބަރު

ފިނޑިންގެ ކުރިމަތީ ބޯތިރިކޮށް، އެންމެ އިންޗިއެއްވެސް ފަހަތަށް ނުޖެހޭނަން: މަލީޙް

އާއިޝަތު ޝައުނާ ، ދެން އޮންލައިން

ޕާޓީގެ މަސްލަޙަތު ނަގާލައި ވަޒީފާގެ ބިރަށް ސިޓީގައި ސޮއިކުރާ ފިނޑިން ކުރިމަތީ ބޯތިރި ނުކުރާނެކަމަށް ކުރީގެ މިނިސްޓަރު މުހައްމަދު މަލީޙް ޖަމާލް ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

މަލީޙް މިހެން ވިދާޅުވެފައިވަނީ، ޕީޕީއެމްގެ ސެނެޓަރެއްގެ މަޤާމުގައި ހުންނަވައިގެން އެ ޕާޓީ ބަދުނާމުކުރައްވައި ޕާޓީ ބައިބައިކުރުމުގެ މަސައްކަތްތަކެއް ކުރައްވާފައިވާކަމަށް ތުޙުމަތުކޮށް މަލީޙް އެޕާޓީގެ ހަރަކާތްތަކުން ސަސްޕެންޑްކޮށްފައިވާކަން އަންގާފައިވަނިކޮށެވެ.

އެ ޕާޓީން އެކަން އަންގައި މަލީޙްއަށް މިއަދު ފޮނުވި ސިޓީގައި ބުނެފައިވަނީ ޕީޕީއެމް ބައިބައިކުރެއްވުމުގެ މަސައްކަތްތަކެއް މަލީޙު އިސްކޮށް ހުންނަވައިގެން ކުރައްވާކަމަށާއި، އެގޮތުން ޕާޓީގެ ލީޑަރޝިޕަށް ނުވތަ ޕާޓީގެ ސެނެޓަށް އެނގުމެއްނެތި، މަލީޙް އަމިއްލަފުޅަށް ކޮމިޓީތައް އުފައްދަވާފައިވާކަމަށެވެ.

އަދި ޕާޓީގެ އަސާސީ ޤަވާއިދާ ޚިލާފަށް ޕާޓީގެ ލީޑަރޝިޕް އަދި ސެނެޓުގެ އެއްވެސް މަޝްވަރާއެއްނެތި ޕާޓީގެ ނަމުގައި ޕްރެސް ކޮންފަރެންސްއެއް ބާއްވަވައި އެ ޕްރެސް ކޮންފަރެންސްގައި ޕާޓީގެ އަސާސްތަކާއި ޚިލާފަށް ޕާޓީ ބަދުނާމުކޮށްފައިވާކަމަށްވެސް އެ ސިޓީގައި ފާހަގަކުރައްވާފައިވެއެވެ.

ޕީޕީއެމްއިން އެ ސިޓީ މަލީޙްއަށް ފޮނުއްވުމުގެ ގިނަ އިރުތަކެއް ނުވަނީސް، މަލީޙް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ "މިއީ އަދި ވަކަރަށް ޖަހާލުމެއް" ކަމަށާއި ފަހަތަށް ނުޖެހޭނެކަމަށެވެ.

"ރައީސް ޔާމީންއާއި ޕީޕީއެމްގެ ދިފާޢުގައި މިކުރާ މަސައްކަތުގައި އެންމެ އިންޗިއެއްވެސް ފަހަތަށް ޖެހުމެއް ނޯންނާނެ. ވަޒީފާގެ އަޅުންނަށްވެ ޕާޓީގެ މަސްލަޙަތު ނަގާލާ ވަޒީފާގެ ބިރަށް ސިޓީގައި ދޮއިކުރާ ފިނޑިން ކުރިމަތީ ބޯތިރި ނުކުރާނަން. މިއީ އަދި ވަކަރަށް ޖަހާލުމެއް" މަލީޙް ވިދާޅުވިއެވެ.

ޕީޕީއެމްއިން މަލީޙް އަށް ފޮނުވި ސިޓީގައި ބަޔާންކުރާ ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމްގެ ރައީސްގެ އެދުމުގެ މަތިން ޚާއްސަ ކޮމެޓީއެއް އުފެއްދި ކަމަށް މަލީޙްވަނީ ހާމަ ކުރައްވާފައެވެ. އަދި ޕީޕީއެމްގެ ތަރުޖަމާނު ކަމުން ހީނާ ވަލީދު އިސްތިއުފާ ދެއްވި ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ. ނަމަވެސް ހީނާ ވަނީ އެވާހަކަ ދޮގުކޮށްފައެވެ.

މި ސަބަބުތަކާހުރެ، އެޕާޓީގެ ހަރަކާތްތަކުން މަލީޙް ސަސްޕެންޑްކުރެވިފައިވާކަމަށް ސިޓީގައި ބަޔާންކޮށްފައިވެއެވެ. އަދި އެ މައްސަލަ ޕީޕީއެމްގެ ސުލޫކީ ކޮމިޓިއަށް ފޮނުވާފައިވާނެކަމަށާއި ކޮމިޓީން ގޮތެއް ނިންމަވަންދެން ޕާޓީގެ އެއްވެސް ހަރަކާތެއްގައި ބައިވެރިނުވެވޭނެކަން މަލީޙްއަށް ވަނީ އަންގާފައެވެ.

Ads by Ooredoo
  1. ޢަބުދުﷲމާހިރު

    ހުރިހާވެސްް މައްސަލައަކީީ، ޕާޓީތަކަށްް ދައުލަތުންް ފައިސާާ ދިނުންް ފައިސާގެެ ދަޅައިގަަ ޖެހިި ހަމަހޭެ ނެތެނ!

  2. ނުހުއްޓުވޭނެއޭ

    ޕީޕީއެމް އަކީ އެއީ ރައީސް ޔާމީން އެއީ މުއިއްޒު އެއް ނޫން އަދި އަދުރޭ އެއްވެސް ނޫން އަދި ޝިޔާމް އެއްވެސް ނޫން އަދި ސެނެޓެއް ވެސް ނޫން ޝިޔާމް މެން އަދި ޅަވާނެ މިކަމުގައި ޕީޕީއެމް ސެނެޓް ގައި އަދި މެމްބަރުންގެ ގޮތުގައި ތިއްބަސް ޕީޕީއެމްގެ ރައީސް ކިޔަނީ އެއީ ބޭނުމެއް ގައި ދެން ޕީޕީއެމްގެ ރައީސް އަށް ކުރެވޭނެ ކިތަންމެ ކަންކަން ހުންނާނެ ސެނެޓާއި ނުލައި ތަމެން އެންމެން ޕީއެންސީ އަށް ގޮސް ޕީއެންސީ ގައި ތިޔާ ޖައްސާ ވައްތަރެއް ޖައްސަންވީއޭ ޕީޕީއެމް ދެން ނުހުއްޓުވޭނެއޭ ނުހުއްޓުވޭނެއޭ ނުހުއްޓުވޭނެއޭ ނުހުއްޓުވޭނެއޭ ނުހުއްޓުވޭނެއޭ ނުހުއްޓުވޭނެއޭ ނުހުއްޓުވޭނެއޭ ނުހުއްޓުވޭނެއޭ ނުހުއްޓުވޭނެއޭ ނުހުއްޓުވޭނެއޭ ނުހުއްޓުވޭނެއޭ ނުހުއްޓުވޭނެއޭ ނުހުއްޓުވޭނެއޭ ނުހުއްޓުވޭނެއޭ ނުހުއްޓުވޭނެއޭ ނުހުއްޓުވޭނެއޭ ނުހުއްޓުވޭނެއޭ ނުހުއްޓުވޭނެއޭ ނުހުއްޓުވޭނެއޭ ނުހުއްޓުވޭނެއޭ ނުހުއްޓުވޭނެއޭ

  3. ފިނޑިންނަކީ ހުރިހާ ސަރުކާރެއްގަ ދެބޯގެރި ދުއްވާމީހުން މިކޮޅުން ގޮސް އެކޮޅު އުޅެފަ އަނެއްކާ މިކޮޅަށް އައިއްސަ އުޅޭ ރަނޑާލިން