ޚަބަރު

މަދަނީ ޙައްޤުތަކާއި ގުޅޭ ޝަކުވާތައް ހުށަހެޅޭނެ ގޮތް ހަދައިފި

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ދިވެހީންނަށް މަދަނީ ޙައްޤުތަށް ލިބޭތޯ ކަށަވަރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އުފެއްދެވި މަދަނީ ޙައްޤުތަކާ ބެހޭ އިދާރާ އަށް ޝަކުވާ ހުށަހެޅޭނެ އިންތިޒާމު މިއަދު ހަމަޖައްސަވައިފިއެވެ.

Ads by Hajj Corporation

ހުކުރު ދުވަހު އުފެއްދި މަދަނީ ޙައްޤުތަކާ ބެހޭ އިދާރާ އަށް ޝަކުވާ ހުށަހެޅުމަށް އުސޫލެއް އެކުލަވާލާފައިވެއެވެ. އެ އުސޫލުގައިވާ ގޮތުން، މަދަނީ ޙައްޤުތައް ލިބިދިނުމުގައި ތަފާތުކުރާނަމަ، ނުވަތަ އެ ޙައްޤުތައް ނުދީ ހިފަހައްޓާނަމަ ޝަކުވާ ހުށަހެޅޭނެއެވެ.

އުސޫލުގައިވާ ގޮތުން، މަދަނީ ޙައްޤުތަކުގެ ތެރެއިން ޙައްޤެއް ގެއްލިފައިވާ ފަރާތަކުން އެ ފަރާތެއްގެ އަމިއްލަ ނަމުގައި، ނުވަތަ އަމިއްލަ އަށް ޝަކުވާ ހުށަނޭޅޭނެ ނަމަ، އެ ފަރާތެއްގެ މަސްލަހަތު ހިމާޔަތްކޮށްދެވޭނެ ފަރާތެއް މެދުވެރިކޮށް ޝަކުވާ ހުށަހެޅޭނެއެވެ.

ހަމަ އެއާއެކު، އެ އުސޫލުގައި ބުނެފައިވާ ގޮތުން، މަދަނީ ޙައްޤުތަކާ ބެހޭ އިދާރާ އަށް އީމެއިލް މެދުވެރިކޮށް ނުވަތަ ސީދާ އެ އިދާރާ އަށް ޝަކުވާ ހުށަހެޅޭނީ އެކަމަށް ޚާއްޞަ ފޯމު މެދުވެރިކޮށް، ފޯމާ އެކު ހުށަހަޅަން ޖެހޭ ލިޔެކިއުންތައް ފުރިހަމަކުރުމަށްފަހުގައެވެ.

އަދި ޝަކުވާ ހުށަހެޅުމުން ކަމާބެހޭ އިދާރާތަކުން 14 ދުވަހުގެ ތެރޭ ޝަކުވާ ހުށަހެޅި ފަރާތުގެ ކިބައިން މަޢުލޫމާތު ހޯދައި، 30 ދުވަހުގެ ތެރޭ މަދަނީ ޙައްޤުތަކާ ބެހޭ އިދާރާ އިން ނިންމާ ނިންމުން ޝަކުވާ ހުށަހެޅި ފަރާތަށް އަންގަން ވާނެ ކަމަށް ވެސް އެ އުސޫލުގައި ބަޔާންކޮށްފައިވެއެވެ.

Ads by Allied Insurance
  1. ވަގުންނޭ

    ރައީސް ޔާމީން ޕީޕީއެމް އިން އިސްތިއުފާ ދިނުން މާނައަކީ ރައީސް ޔާމީން މިސަރުކާރަށް ކުރާ ތާއީދު އަނބުރާގެނައީއޭ ޕީޕީއެމްގެ ސިޔާސަތު ކުރިއަރުވާނެ ވަޒީރުންނެއް ނޫން މުއުއްޒު ނެގީ އޭނާގެ އަމިއްލަ ސިޔާސަތު ކުރިއަރުވާނެ ވަޒީރުން އޭނާ ނެގީ ބަލަގަ ޕެޓް ފެންފުޅި ނުއުފެއްދުމުން ގެއްލުން ވަނީ ނިކަމެތި ރައްޔިތު މީހާ އަށް މިކަންވެސް ރައީސްއަށް ލިބިދޭ ބާރުގެ ދަށުން ހުއްޓުވަން ނުކެރުނޭ މުއިއްޒު އަށް މުއިއްޒު ވެރިކަމަށް އައީ ކިއެއްކުރަންތޭ މުއިއްޒު ތިޔާއީ ރުނޑިކާޅެކޭ މުއިއްޒު ތިޔާއީ ރުނޑިކާޅެކޭ މުއިއްޒު ތިޔާއީ ރުނޑިކާޅެކޭ ކަނޑުޑުކޮހެކޭ ބަތާހަރާމީ ހަރާމްކޯރެކޭ ބޮޑުވަގެކޭ ބޮޑުވަގެކޭ