Thursday, 5 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

މަޖިލިސް އިންތިޚާބުގައި ނިކުންނާނީ ޕީޕީއެމް އަދި ޕީއެންސީ އެކުގައި

މަޖިލިސް އިންތިޚާބުގައި ނިކުންނާނީ ޕީޕީއެމް އަދި ޕީއެންސީ އެކުގައި
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން (ޕީޕީއެމް/ޕީއެންސީ) ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރަން މިރޭ ނިންމާއިފިއެވެ.

މިގޮތަށް ނިންމާފައި ވަނީ މިރޭ ބޭއްވި ޕީޕީއެމްގެ ސެނެޓު ބައްދަލުވުމުގައެވެ.

އެ ޕާޓީން މިރޭ ހާމަކޮށްފައިވާ ގޮތުގައި ދެ ޕާޓީން އެކުގައި އިންތިޚާބުގައި ވާދަކުރުމަށް ފާސްކޮށްފައިވަނީ ސެނެޓު މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. އަދި ދެންހުރި ކަންކަން ނިންމާނީ ދެ ޕާޓީގެ ޖޮއިންޓް ސެނެޓުން ކަމަށް ވެސް ވަނީ ނިންމައިފައެވެ. މީގެ ކުރިން އިއުލާން ކޮށްފައި ވާ ގޮތުން، ޕީޕީއެމް އަދި ޕީއެންސީ ހިމެނޭހެން އެކޯލިޝަންގެ ޕްރިމަރީ ބޭއްވުމަށް ހަމަޖައްސާފައި ވަނީ އަންނަ ޖެނުއަރީ މަހުގެ 20 ހޮނިހިރު ދުވަހުއެވެ. އެކޯލިޝަންގެ ޕްރައިމަރީގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އާންމުކޮށް ފުރުސަތު އޮތް އިރު އަންނަ ޑިސެމްބަރު މަހުގެ 20 އިން ފެށިގެން 31 ގެ ނިޔަލަށް ކުރިމަތި ލެވޭނެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް