ޚަބަރު ސިޔާސީ

ޖަމީލު ވިދާޅުވަނީ ރައީސް ޔާމީންގެ ޕާޓީ ވެގެންދާނީ، އެންމެ ބޮޑު ޕާޓީއަށް ކަމަށް

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ރައީީސް ޔާމީން ޢަބްދުލްޤައްޔޫމް އިސްވެ ހުންނަވައި އަލަށް އުފައްދަވާ ސިޔާސީ ޕާޓީ ވެގެންދާނީ، ދެން ރާއްޖޭގައި ވެރިކަން ކުރާނެ ޕާޓީއަށް ކަމަށް ޕާޓީ އުފެއްދުމުގައި އިސްކޮށް އުޅުއްވާ، ކުރީގެ ނައިބު ރައީސް ޑރ.މުޙައްމަދު ޖަމީލު އަޙުމަދު ވިދާޅުވެއްޖެއެވެ.

Ads by STELCO

ރައީސް ޔާމީންގެ އައު ސިޔާސީ ޕާޓީ އަކީ "ޕީޕަލްސް ނެޝަނަލް ފްރަންޓް" އެވެ. އެ ޕާޓީ އުފެއްދުމުގެ މަސައްކަތް ފަށައިފައިވާއިރު، ޕާޓީގެ މުއައްސިސަކީ ރައީސް ޔާމީންގެ ދޮށީ ދަރިކަލުން، ޒެއިން ޔާމީން ޢަބްދުލްޤައްޔޫމެވެ.

މިއަދު ނޫސްވެރިންނާއި ބައްދަލުކުރައްވައި ޖަމީލު ވަނީ، ރައީސް ޔާމީންގެ ޕީއެންއެފް އުފައްދަނީ އެމަނިކުފާނުގެ ޙަޤީޤީ އެކުވެރިންނާއި އެކުގައި ކަމަށާއި، އެ ޕާޓީ ކުރިއަށް އޮތްތަނުގައި، ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީއަށް ވެގެންދާނެ ކަމަށެވެ.

"ރައީސް ޔާމީން ގެއަށް ވަޑައިގަތުމަށްފަހުގައި، ކީއްވެގެންތޯ، ލީޑަރޝިޕްގެ އެއްވެސް ބޭފުޅަކު ރައީސް ޔާމީނާއި ހަމައަށް ވަޑައިނުގަތީ؟ އެއީ އެހައި އަގެއް ނެތް ބޭފުޅަކީތޯ؟  އެއީ އެހައި ދެރަ ބޭފުޅަކީތޯ؟" ޖަމީލު ސުވާލު ވިދާޅުވިއެވެ.

ރައީސް ޔާމީން ޕީޕީއެމްއިން ވަކިވެވަޑައިގެންފައި ވަނީ، ރައީސް މުޢިއްޒުގެ ސަރުކާރަށް ހަފްތާއެއް ވެސް ނުވަނީހެވެ. ރައީސް ޔާމީން ޕާޓީ ދޫކުރައްވައި ވަޑައިގަތުމުން، ޕީޕީއެމްގެ އާއްމު މެމްބަރުން މީސްމީޑިއާގައި އަންނަނީ ކަންބޮޑުވުންފާޅު ކުރަމުން އަންނައިރު، ބައެއް ފަރާތްތަކުން އަންނަނީ ޕީޕީއެމް/ޕީއެންސީގެ ސަރުކާރާއިއެކުގައި، ޘާބިތުވެ ހުރި ކަމަށް ވިދާޅުވަމުންނެވެ.

  1. ބަލާތި

    އަދުރޭ އަދި މުއިއްޒު އެއީ ދެ މުނާފިގުންނޭ އެއީ ދެ ރުނޑިކާޅުންނޭ އެ ދެ ރުނޑިކާޅުން އުޅޭ ޕާރޓީ ގައި ތިބެން ހެޔޮނުވާނެއޭ މުއިއްޒު އެއީ ބަތާހަރާމީ ހަރާމްކޯރު ބޮޑުވަގެކޭ އެއީ ފޭރޭއޭ އެ ރުނޑިކާޅުގެ ވެރިކަން އަވަހަށް ނިންމަވާ ދެއްވާނދޭންވެ

    • ގޯލްޕާ

      ޝައިޠާނަކު ވަސްވާސްދޭހެން މީހުންގެ ބޯކާން އުޅޭ މީހެއްމީ.

  2. 2008 ކުން ފެށިގެން ސިޔާސީ މީހުން މިޤައުމުގައި އުފެއްދީ ދައުލަތް ލޫޓުވުނުގެ ފިތުނަފަސާދަ ، ރައްޔިތުންގެ ފައިސާ އެމީހުން ލޫޓުވުން، ރައްޔިތުންނަށް ލިބުނީ ކޮޅުކެހި ! ޔާމީނު މައުމޫނު ފޮޓޯ ދައްކައިގެން ވެރިކަމަށް، އިބޫ ސޯލިހު ނަޝީދު ފޮޓޯ ދައްކައިގެން ވެރިކަމަށް ، ޑރ މުއީޒު ޔާމީނު ފޮޓޯ ދައްކައިގެން ! ރައްޔިތުން ތަންކޮޅެއް ހޭލުންތެރިވާންވީ !