Wednesday, 4 November 2026
Advertisement
HDC — Share-Below (leaderboard)
ސަރުކާރު

ފްލެޓްތަކާއި މެދު ޢަމަލު ކުރާނެ ގޮތް އޭސީސީން 20 ދުވަސް ތެރޭގައި އަންގަނީ

ފްލެޓްތަކާއި މެދު ޢަމަލު ކުރާނެ ގޮތް އޭސީސީން 20 ދުވަސް ތެރޭގައި އަންގަނީ

ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގެ "ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ދޫކުރަން ނިންމި 4000 ފްލެޓްތަކާ މެދު ޢަމަލު ކުރާނެ ގޮތެއް 20 ދުވަސް ތެރޭގައި އަންގާނެ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ހަވާލާދީ ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހްމަދު މިއަދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ތަރައްޤީ އާއި ތަރިކައިގެ ކޮމިޓީގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.

ހައިދަރު ވިދާޅުވީ، އޭސީސީގެ ތަޙުޤީޤުގެ ފުރަތަމަ މަރުހަލާއަށް 20 ދުވަސް ހޭދަވާނެ ކަަމަށާއި، އެ ތަހުޤީޤުގެ ތެރެއިން ޖިނާއީ ތަހުޤީޤެއް ކުރަން ޖެހިއްޖެ ނަމަ އެއަށް ވުރެ ގިނަ ދުވަސް ވެދާނެ ކަމަށެވެ.

Advertisement
HDC — Sidebar (box)

އައު ސަރުކާރު ހަވާލުވިއިރު އެ މަސައްކަތް ހުއްޓާލަން އޭސީސިން އަންގާފައި އޮތުމުން އެކަމާމެދު ކަންބޮޑުވުން ފާޅުކޮށްފައިވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

އަދި އެކަން އަލުން ފެށޭނެ ގޮތެއް ހޯދުމުގެ މަސައްކަތް އަދިވެސް ކުރަމުން އަންނަ ކަމަށް ހައިދަރު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ އަތް ބަނދެވިފައި މިއޮތީ އަޅުގަނޑުމެން ވެރިކަމަށް އައިރު އޭސީސީއިން އެކަން ހުއްޓުވާފައި އޮތީމާ" ހައިދަރު ވިދާޅުވިއެވެ.

މިކަމުގައި އަމަލު ކުރާނެ ވަކި ގޮތެއް އެނގޭނީ އޭސީސީގެ ތަހުޤީޤު ނިމުމުންކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރުގެ ވާހަކައިގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އެއްވެސް ބައެއްގެ ފްލެޓު އަތުލުމުގެ ވިސްނުން ނުގެންގުޅޭ ކަމަށް ވިދާޅުވެ، މި ކަމުގައި އޭސީސީން އަންގާ ގޮތަކަށް ޢަމަލު ކުރައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް