Saturday, 7 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރަކަށް އިޔާސް

އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރަކަށް އިޔާސް

ގައުމީ އެއާލައިން މޯލްޑިވިއަން ހިންގާ، އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އިބްރާހިމް އިޔާސް ހަމަޖައްސަވައިފިއެވެ.

އިޔާސް އަކީ އެކުންފުނީގައި މެދުނުކެނޑި 15 އަހަރު ޚިދުމަތްކޮށްދެއްވާފައިވާ ބޭފުޅެކެވެ. އެމްޑީ ކަމާއި ހަވާލުވިއިރު އޭނާ ހުރީ ކުންފުނީގެ ޗީފް އޮޕަރޭޓިންގް އޮފިސަރުގެ މަޤާމުގައެވެ. އިޔާސް ޗީޕް އޮޕަރޭޝަން އޮފިސަރުގެ ގޮތުގައި މަސައްކަތް ކުރައްވަން ފެއްޓެވީ 2021 ވަނަ އަހަރުގައެވެ.

އިޔާސް ތަޢުލީމް ހާސިލްކުރެއްވީ އިނގިރޭސިިވިލާތުގެ ޔުނިވަސިޓީ އޮފް ލަންޑަންގެ އިމްޕީރިއަލް ކޮލެޖުން އޭރޯނޯޓިކަލް އިންޖިނިއަރިން ދާއިރާއިންނެވެ.

Advertisement
Allied — Dhen Online (box)

https://twitter.com/maldivianaero/status/1729462119740178480?s=61&t=hNCjMYHd_xjNcAfbAX_bJg

އައިލެންޑް އެވިއެޝަނާއެކު ސަރުކާރުގެ 20 ކުންފުންޏަކަށް އާ ވެރިން މިއަދު ވަނީ އައްޔަނު ކުރައްވައިފައެވެ. އެ ކުންފުނިތަކަށް ރަސްމީކޮށް މިއަދު ވެރިން އައްޔަނުކުރެއްވި އިރު، ބާކީ ހުރި ކުންފުނިތަކަށް ވެރިން އައްޔަނު ކުރުމުގެ މަސައްކަތް ޕީސީބީގައި ކުރިއަށް އެބަދެއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް