ޚަބަރު

ރާއްޖެފަދަ ޤައުމުތަކަށް މާލީ އެހީތެރިކަން ހޯދުމަށް ކޮޕް ސަމިޓުގައި ވަކާލާތުކުރާނަން: ރައީސް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އުއްމީދަކީ މިއަހަރުގެ ކޮޕް -28 ސަމިޓަކީ މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖެ ފަދަ ޤައުމުތަކަށްވަމުންދާ ގެއްލުންތަކަށް މާލީގޮތުން އެހީތެރިކަން ލިބިގެންދާ ސަމިޓަކަށްވެގެން ދިޔުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ads by STELCO

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ކޮޕް ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް، އެކުވެރި ޢަރަބި އިމާރާތް، ޔޫއޭއީއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެ ޤައުމުގައި ދިރިއުޅޭ ދިވެހި ކިޔަވާކުދިންނާއި، އެ ޤައުމުގައި ދިރިއުޅޭ ދިވެހި އާއިލާތަކާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ވިދާޅުވީ، އެމަނިކުފާނުގެ އުންމީދަކީ މިއަހަރުގެ ސަމިޓުގައި ރާއްޖެފަދަ ޤައުމުތަކުގެ ތިމާވެއްޓަށްވަމުންދާ ގެއްލުންތަކަށް މާލީގޮތުން އެހީތެރިކަން ލިބިގެންދިޔުމަށް ފަހިވެގެންދާ ސަމިޓަކަށްވެގެންދިޔުންކަމަށެވެ.

"އެކަމާއި އަޅުގަނޑުމެން ވަކާލާތުކުރާނެ، ޓީމުން މިހާރުވެސް އެމަސައްކަތްކުރަނީ، މިނިސްޓަރާއި ކްލައިމެޓް އެންވޯއީއާއި އެ މަސައްކަތްކުރަނީ، އަދި ކްލައިމެޓް އެޑަޕްޓޭޝަންއަށް ހާއްސަކޮށް އެހީތެރިކަން ލިބޭނެ ފަދަ ކަންތައްތައް ފަހިވެގެންދާނެ ފަހަރަކަށްވެގެން ދިޔުމަކީވެސް އުއްމީދެއް،" ރައީސް ވިދާޅުވިއެވެ.

ކޮޕް28 ސަމިޓްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ތަޤުރީރު ކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރުއެވެ. މިސަމިޓް ވެގެންދާނީ، ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްޤީއަށް ރާވާފައިވާ ކަންކަމާ ގުޅޭ މަޢުލޫމާތު ބައިނަލްއަޤްވާމީ މައިދާނުގައި ހިއްސާކުރުމަށް ލިބޭ އަގުހުރި ފުރުޞަތަކަށް ކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.

ކޮޕް ސަމިޓުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގިނަ ލީޑަރުންތަކަކާ ބައްދަލު ކުރައްވާގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި އެ ފުރުސަތުގެ ބޭނުންކުރައްވާ ގައުމަށް އެންމެ ފައިދާހުރި ގޮތްތައް ހޯއްދަވާނެކަމަށް ސްޕެޝަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖް އަލީ ޝަރީފް މީގެކުރިން ވިދާޅުވެފައިވެއެވެ.

ޔޫއޭއީގައި އޮންނަ "ކޮޕް28" ސަމިޓްގައި 160 ގައުމެއްގެ ވެރިން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވައެވެ. މި ސަމިޓް 12 ޑިސެމްބަރާއި ހަމައަށް ކުރިއަށްދާނެއެވެ. ކޮޕް ސަމިޓް އަކީ ތިމާވެށީގެ ގޮތުން ދުނިޔެއަށް ކުރިމަތިވަމުންދާ ގޮންޖެހުންތައް ދެނެގަނެއް އެކަންކަން ހައްލު ކުރުމަށާ، ތިމާވެށީގެ ގެއްލުންތަކުން އަރައިގަތުމަށް ބޭނުންވާ މާލީ އެހީތެރިކަމާ ފަންނީ ތަޖުރިބާ ހިއްސާކުރުމަށް ބާއްވާ ދުނިޔޭގެ މޫސުމާ ބެހޭ އެންމެބޮޑު އެއްބަދަލުވުމެވެ.

  1. ހޮޅި މުއީޒު ބުނީި ތިމާވެށި ފޭކު ވާހަކައެކޭ

  2. ވަގުންނޭ

    މިފަހަރު ޕީޕީއެމް ޕީއެންސީ މާލޭގެ މޭޔަރު ކަމަށް ނުހޮވޭނެއޭ ޕީޕީއެމްގެ މޭޔަރު ކަމަށް މުއިއްޒު އައިސް ކުރިކަމަކީ އެއީ މާލޭގެ މަގުތައް ފޮތި ފޮތިކޮށްފައި ވިއްކުމޭ ދެން ކާރުޕާރކިންގް ޒޯންސްތައް ވިއްކައިގެން ކަޓް ނެގުން ނޫން ކަމެއް ނުކުރެއޭ މާލޭގެ މަގުތަކުގައި ހުސް ކުނި ގޯޅި ތަކުގައި ވެސް ކުނި އެކަމަކު ސިޓީ ކައުންސިލުން މުސާރަ ދީގެން ޓްރެފިކް ވޯރޑުންނާއި އަދި މާލެ ތެރެ ބަލަހައްޓަން ވެސް އެތައް ބަޔަކު ވަޒީފާ ދީފައި ތިބެއޭ ކުރާ ކުރެވޭ އެއް ކަމެއް ވެސް ނުކުރެއޭ ވައްކަމޭ މުއިއްޒު ކުރީދޯ..

  3. ދިވެހިންގެރާއްޖެ އަކީ ބަނގުރަލާއި އޫރުމަސް ވިއްކަންޖެހޭ ވަރުގެ ފަޤީރު ޤައުމެއްނޫން އެޔަށްވުރެން މާމުއްސަދި ވިއްކާނެ އެއްޗެހި ހުރި ޤައުމެއް، އޫރު މަހުގެ ބަދަލް ގައި ތަފާތު ކަނޑުމަސް، ބަނގުރަލުގެ ބަދަލުގައި ކުރުބާ ފަނި ތަފާތު މޭވާޖޫސް ވިއްކިދާނެ ޤައުމެއް !