Thursday, 29 October 2026
Advertisement
HDC — Share-Below (leaderboard)
ސަރުކާރު

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންދިޔުމަށް އެ ޤައުމުން އެއްބަސްވެއްޖެ: ރައީީސް

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންދިޔުމަށް އެ ޤައުމުން އެއްބަސްވެއްޖެ: ރައީީސް

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންދިޔުމަށް އެ ޤައުމުން އެއްބަސްވެފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީީސް މުޢިއްޒު މިހެން ވިދާޅުވީ، ކޮޕް28 ސަމިޓަށްފަހުގައި، ރާއްޖެ ވަޑައިގެން، ނޫސްވެރިންނާއި ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. އިންޑިއާ ސިފައިން ބޭލުމަކީ އެމަނިކުފާނުގެ ރިޔާސީ ކެމްޕެއިނުގެ ވަރަށް މުހިންމު ވަޢުދެއްކަން ފާހަގަކުރައްވައި، ރައީީސް ވިދާޅުވީ، މި މައްސަލައިގައި، އިންޑިއާ ސަރުކާރާއިއެކު، ފަސް ބައްދަލުވުމެއް އެންމެ މަތީ ފެންވަރުގައި ބޭއްވުނު ކަމަށާއި، އިންޑިއާ ސިފައިން ފޮނުވައިލުމަށް، ހުވައި ކުރެއްވި ދުވަހު ނޫން އަނެއް ދުވަހު، ރަސްމީކޮށް އިންޑިއާ ސަރުކާރުގައި ދެންނެވި ކަމަށެވެ. "މިއަދާއި ހަމައަށް ކުރެވުނު މަސައްކަތުގައި، އިންޑިއާ ސަރުކާރުން އެއްބަސްވެފަ ވަނީ، ސިފައިން އަނބުރާ ގެންދާނެ ކަމަށް. މިހާރު ޓެކްނިކަލް ލެވެލްގަ މަސައްކަތްތައް އެބަ ކުރެވޭ، ދެ ޤައުމުގެ ޓެކްނިކަލް ލެވެލްގަ، މަސައްކަތް އެބަ ހިނގާ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ ކޮޕް28 ސަމިޓްގެ ހަވާސާގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އާއި ބައްދަލުވެވަޑައިގަތުމުން، ދިވެހީންގެ ޑިމޮކްރެޓިކް ނިންމުމަށް އިޙްތިރާމް ކުރައްވާ ކަމަށް ވިދާޅުވި ކަމަށެވެ.  

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް