ޚަބަރު އިޖުތިމާޢީ ވިޔަފާރި

އާބަންކޯގެ ސީއެސްއާރްގެ ދަށުން ރެހެންދި ސްކޫލްގެ ބޭރުގައި ކެނޮޕީއެއް

ޙައްވާ އިނާޝާ ، ދެން އޮންލައިން

އަރބަންކޯގެ ސީ.އެސް.އާރްގެ ދަށުން ދަރިވަރުންނާއި ބެލެނިވެރިންނަށް ފަސޭހަވާނެހެން ރެހެންދި ސްކޫލްގެ ބޭރުގައި ކެނޮޕީއެއް ޤާއިމު ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

Ads by MWSC

މިކަން ހާމަކޮށް އާބަންކޯއިން މިއަދު ބުނީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނާއި، ހުޅުމާލޭގައި ޤާއިމުކޮށްފައިވާ އެކި އޮފީސް އަދި ސަރުކާރު ވުޒާރާތަކަށް ބޭނުންވާނެ ގިނަ ކަންތައްތަކެއް އަބަދުވެސް އެ ކޯޕަރޭޝަންގެ ސީ.އެސް.އާރްގެ ދަށުން ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން، މިފަދަ ކަންކަން ކުރުމުގައި ހުޅުމާލޭގައި ހުންނަ ސްކޫލުތަކަށް އަބަދުވެސް ހާއްސަ އަހައްމިއްޔަތު ކަމެއް ދީގެން ގިނަ މަސައްކަތްތަކެއް ކޮށްފައިވާނެ ކަމަށާއި މި މަސައްކަތްތަކުގެ ބައެއްގެ ގޮތުގައި ހިމަނައިގެން ރެހެންދި ސްކޫލްގެ އެދުމުގެ މަތިން ސްކޫލްގެ ބޭރުގައި ބެލެނިވެރިން އާންމުކޮށް މަޑޮކޮށްގެން ތިބޭ ސަރަހައްދު ހިޔާކުރަމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް އެ ކޯޕަރޭޝަނުން ހާމަކުރެއެވެ.

ހަމަ އެހެންމެ ޤާއިމު ކުރެވޭ ކެނޮޕީގެ ބޭނުމަކީ ދަރިވަރުން ގެންގޮސް އަދި ބަލައިދާ ބެލެނިވެރިންނަށް މޫސުން ގޯސްވާ ދުވަސްތަކުގައި ހޫނު ގަދަ ދުވަސްވަރު ހިޔަލުގައި މަޑުކޮށްލެވޭނެ ގޮތެއް ފަހިކޮށްދިނުން ކަމަށް އާބަންކޯ އިން ބުނެފައި ވެއެވެ.

އަރބަންކޯއިން ބުނީ އެ ކުންފުންޏަކީ އަބަދުވެސް ރައްޔިތުންގެ ލާބަ އާއި މަންފާ އަށް މަސައްކަތް ކުރަމުންދާ ކުންފުންޏެއް ކަމަށެވެ.

މީގެ އިތުރުން ހުޅުމާލޭގައި ޤާއިމު ކުރެވިފައިވާ ސަރުކާރުގެ އެކި ވުޒާރާތަކާއި، އަމިއްލަ ފަރާތްތަކުން ހިންގަމުންގެންދާ ވިޔަފާރިތަކަށް ވެސް ހުރި އުނދަގޫތައް ބަލާ، ހައްލު ހޯދައިދިނުމުގެ މަސައްކަތް އެ  ކޯޕަރޭޝަނުން އަބަދުވެސް ކުރަމުން ގެންދާނެކަމުގެ ޔަޤީންކަން އާބަންކޯ އިން ވަނީ ދީފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!