Friday, 30 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ފުށިދިއްގަރުފަޅު މަޝްރޫޢަށް ހުރަސް އެޅުމަކީ ރައްޔިތުންނަށް ދެވޭ ދެރައެއް: އާމިރު

ފުށިދިއްގަރުފަޅު މަޝްރޫޢަށް ހުރަސް އެޅުމަކީ ރައްޔިތުންނަށް ދެވޭ ދެރައެއް: އާމިރު

ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުންގެ ތަރައްޤީއާއި ކުރިއެރުމަށް މަސައްކަތް ކުރާ ބަޔަކު ތިބޭ ތަނަކަށް ވާންޖެހޭ ކަމަށާއި، މަޖިލީހަކީ ކޮންމެ ސަރުކާރެއް އޮތް ނަމަވެސް ރައްޔިތުންގެ ތަރައްޤީއަށް ހުރަސް އަޅާ ބަޔަކު ތިބި ތަނަކަށްވެގެން ނުވާނެކަމުގައި ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު ވިދާޅުވެއްޖެއެވެ. އާމިރަކީ ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމެޓީގައި ފާއިތުވެދިތަ 15 އަހަރުވެސް މަސައްކަތް ކުރެއްވާފައިވާ މެމްބަރެކެވެ.

އަންނަ އަހަރަށް ލަފާކޮށް ފިނޭންސް މިނިސްޓްރީން މަޖިލީހަށް ހުށަހެޅި ބަޖެޓަށް ކޮމިޓީން ގެނައި އިސްލާހާއެކު 49.8 ބިލިއަން ރުފިޔާގެ ބަޖެޓެއް ބަޖެޓް ދިރާސާކުރާ ކޮމިޓީން ވަނީ ފާސް ކުރައްވާފައެވެ. އަންނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނަން ބޭނުންވި ރައްޔިތުންނާއި ގުޅުން އޮތް އެންމެ މުހިންމު މަޝްރޫޢުވަނީ އުނި ކުރައްވާފައެވެ. ރާއްޖޭގައި އޮތް އެންމެބޮޑު މައްސަލަ ކަމުގައިވާ ބޯހިޔާ ވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލު ގެނެސް ދިނުމުގެ ސިޔާސަތާއިއެކު ސަރުކާރުން ހުށަހެޅި ފުށިދިއްގަރުފަޅު ޕްރޮޖެކްޓް ބަޖެޓުން ވަނީ އުނިކޮށްފައެވެ. މިއީ އެތައް ރައްޔިތުންނާއި ގުޅުން އޮތް ބޮޑު ޤައުމީ މައްސަލައަކަށްވާއިރު، ރައްޔިތުންނާއި، ގުޅުން އޮތް މިފަދަ ބޮޑު މަޝްރޫޢެއް ހުއްޓުވާލުމަކީ ގިނަ ބައެއްގެ ކަންބޮޑުވުން އޮތް މައްސަލައެކެވެ.

މިކަމާގުޅޭގޮތުން ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަރވިއުއެއްގައި ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު ވިދާޅުވީ ޕާޓީ ސިސްޓަމްގެ ތެރެއިން ވެރިކަން ކުރާއިރު، ޚިޔާލު ތަފާތުވުން ހުންނާނެ ކަމަށެވެ. އެހެންނަމަވެސް ކަނޑައެޅިގެން ރައްޔިތުންނާއި ގުޅުންހުރި މުހިންމު ކަންކަމުގައި ދަތި ކުރުމުގެ ނިޔަތުގައި ކަންކަން ކުރުމަކީ އެއްގޮތަކަށްވެސް ކޮށްގެންވާނެ ކަމެއް ނޫންކަމަށެވެ.

Advertisement
Ooredoo — Square (box)

"ބޯހިޔާވަހިކަމަށް ކުރީގެ ސަރުކާރަކުން ކޮށްފައިވާ ކަމަށްވުރެ އިތުރަށް އަދި އެކަން ރަނގަޅަށް ކޮށް ދިނުމަށްޓަކައި ފުށިދިއްގަރުފަޅު ކަހަލަ ބޮޑު ތަނެއް ހިއްކައިގެން އެތަނުން ރައްޔިތުންނަށް ބިންވެރި ކުރުމަށް ނުވަތަ ބޯހިޔާ ވަހިކަން އިތުރު ކުރުމަށް އެކުރަމުންދާ މަސައްކަތަށް ކަނޑައެޅިގެން ޖެއްސުން ކުރުމުގެ ނިޔަތުގައި ނުވަތަ ދަތިކުރުމުގެ ނިޔަތުގައި އެކުރެވޭ ކަމަކީ އެއީ އޮންނަ ސަރުކާރަކަށް ކުރެވޭ ޖެއްސުމެއް ނޫން. އަޅުގަނޑު ސިފަ ކުރާނީ އެއީ ރައްޔިތުންނަށް ކުރެވޭ ދައްޗެކޭ، ރައްޔިތުންނަށް ކުރެވޭ ޖެއްސުމެކޭ. އެއީ ވަރަށް ޒިންމާދާރުކަން ކުޑަ ކަމެއްގެ ގޮތުގައި އަޅުގަނޑު އެކަން ސިފަކުރާނީ." އާމިރު ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް