Sunday, 1 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ޗައިނާއަކީ ލޯން ޝާކެއްކަމަށް ބުނެ މާލޭގައި މުޒާހަރާކޮށްފި

ޗައިނާއަކީ ލޯން ޝާކެއްކަމަށް ބުނެ މާލޭގައި މުޒާހަރާކޮށްފި

މާލޭގައި ޗައިނާ އެންބަސީ ހުންނަ ސަރަހައްދުގައި މަދު އަދަދެއްގެ ޒުވާނުންތަކެއް އެއްވެ ޗައިނާއާ ދެކޮޅަށް މުޒާހަރާކޮށްފިއެވެ.

ޗައިނާއާ ދެކޮޅަށް ކުރި މިމުޒާހަރާގައި ޒުވާނުން ހިފައިގެން ތިބި ބެނާތަކުގައި ، ޗައިނާއަކީ ބިން ފޭރޭ ބައެއް ކަމަށާއި ޗައިނާގެ ނުފޫޒު ހުއްޓުވަން ޖެހޭ ކަމަށް ވަނީ ލިޔެފައެވެ. އަދި ޗައިނާއަކީ ލޯން ޝާކެއް ކަމަށާއި ލޯނުގެ ދަންތުރައިން ރާއްޖެ ސަލާމަތްވެ، ޗައިނާގެ ނުފޫޒުން ރާއްޖެ ސަލާމަތް ކުރަން ޖެހޭ ކަމަށް މުޒާހަރާގެ ބައިވެރިން ގޮވައިލިއެވެ.

ފުލުހުން ވަނީ މުޒާހަރާ ފެށުމުގެ ކުރިން މުޒާހަރާ ކުރާ ސަރަހައްދު ބަންދުކޮށްފައެވެ. އަދި މިގޮތަށް ބަންދު ކުރީ މުޒާހަރާއެއް ކުރަން އުޅޭ ކަމުގެ މަޢުލޫމާތު ލިބިގެން ކަމަށް ފުލުހުން ވިދާޅުވިއެވެ.

Advertisement
Ooredoo — Square (box)

މިއަދު ކުރިޔަށް ދިޔަ މުޒާރަހާގައި ބައިވެރިވެފަ އިވަނީ މަދު އަދަދެއްގެ ބައެއްކަން ފާހަގަ ކުރެވެއެވެ.

ޗައިނާއާ ދެކޮޅަށް މާލޭގައި ބަޔަކު މުޒާހަރާކޮށްފައި މިވަނީ ޗައިނާއިން ރައީސް ޔާމީންގެ ވެރިކަމުގައި ނެގި ލޯނުތަކަށް ލުއި ދިނުމަށް އެދުމުން އެކަންކޮށްދީފައި ނުވާ ކަަމަށް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެފައިވަނިކޮށެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް