ޚަބަރު ސިޔާސީ

ސަރުކާރު ވައްޓައިލަން އުޅުމަކީ އިންތިޚާބުން ބަލިވާާން އުޅޭކަމުގެ ނިޝާނެއް: އާޒިމާ

ފަތޯނާ ފާއިޒު ، ދެން އޮންލައިން
މާލެ ސިޓީގެ މޭޔަރުކަމުގެ މަޤާމަށް ޕީޕީއެމް، ޕީއެންސީގެ ކޯލިޝަނުން ވާދަކުރައްވާ އާޒިމާ ވިދާޅުވީ އިންތިޚާބުތަކުން ބަލިވާނެކަން އެނގުނީމާ ސަރުކާރު ވައްޓާލަން އުޅުމަކީ ބަލިވާކަމުގެ ނިޝާނެއް ކަމަށެވެ. އަދި މޮޅުވުމަކީ ދަނޑުމަތީގައި މޮޅުވުންކަމަށްވެސް އާޒިމާ ވިދާޅުވިއެވެ.އާޒިމާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އަދި އޭނާގެ ނާއިބު، މަޤާމުން ވަކިކުރެވޭނީ ރައްޔިތުންގެމަޖިލީހުގެ ޖުމްލަ މެންބަރުންގެ ތިންބައިކުޅަ ދެބައިގެ އަޣްލަބިއްޔަތުން އެކަނިކަމަށެވެ. އަދި ވޯޓް އޮފް ނޯ ކޮންފިޑެންސްއާއި އިމްޕީޗްމަންޓްއަކީ ތަފާތު ދެކަމެއް ކަމަށްވެސް އާޒިމާ ވިދާޅުވިއެވެ.

Ads by Hajj Corporation

ކޮމިޓީން ނިންމި ނިންމުމުގައި ބުނާ ގޮތުގައި ރައީސް އާއި ނާއިބު ރައީސް އަޒުލު ކުރަން ޤަރާރެއް ހުށަހެޅޭނީ ސަބަބާއެކު މަޖިލީހުގެ ތިންބައިކުޅަ އެއްބައި މެންބަރުންގެ ސޮޔާއެކުއެވެ.

އެއަށްފަހު ލިޔުމަކުން މަޖިލީހަށް ހުށަހަޅާ ޤަރާރުގެ ނޯޓިސް ދެ ދުވަހުގެ ތެރޭގައި ރައީސް އާއި ނައިބު ރައީސްއަށް ދޭން ޖެހޭ ކަމަށް އެ ގަވާއިދުތަކަށް އިސްލާހު ގެނައުމަށް ކޮމެޓީން ފާސްކުރިއެވެ. އެ ނޯޓިސް ދޭތާ 14 ދުވަހުގެ މުއްދަތަކަށް ފަހު އެންމެ އަވަހަށް އަންނަ ރަސްމީ ބަންދު ނޫން ދުވަހަކު ބާއްވާ ޖަލްސާއަށް އެ ޤަރާރު ހުށަހަޅަން ޖެހޭއިރު އެ ޖަލްސާގައި އިތުރު އެއްވެސް މަސައްކަތެއް ކުރުމަށް އެޖެންޑާ ކޮށްގެން ނުވާނެ ކަމަށް ކޮމިޓީން ފާސްކޮށްފައި ވެއެވެ.

އާންމު ކޮމެޓީން ނިންމައިފައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދު ގުނުމުގައި އެ ވަގުތަކު މެންބަރުންގެ ގޮތުގައި ދެމި ތިބި މެންބަރުންގެ އަދަދު އެއީ ޖުމްލަ އަދަދު ކަމުގައި ބަލާ ގޮތަށެވެ.

ކުރީން އޮތް ގޮތުން މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދު ގުނުމުގައި އަމަލު ކުރަނީ މަޖިލީހުގެ ޖުމްލަ އަދަދަށެވެ.

މި އިސްލާޙު މަޖިލިސް ތަޅުމުން ފާސްވެއްޖެ ނަމަ، އެމްޑީޕީގައި މިހާރު އޮތް މެޖޯރިޓީން ރައީސާއި ނައިބު ރައީސް މަޤާމުން ދުރުކުރެވޭނެއެވެ.

އެ ހާލަތުގައި މައްސަލަ ފާސްކުރަން ބޭނުންވާނީ 54 މެންބަރުންގެ ވޯޓެވެ. ކުރިން ނަމަ 58 މެންބަރުންގެ ވޯޓު ބޭނުން ވާނެއެވެ. އެމްޑީީޕީގެ ޕީޖީ ގްރޫޕްގައި 56 މެމްބަރުން އެބަތިއްބެވިއެވެ.

Ads by Ooredoo
  1. އަންނާނެއޭ

    މުއިއްޒު އިސްތިއުފާ ސަރުކާރު އިސްތިއުފާ މުއިއްޒު އެއީ މުނާފިގެކޭ އަވަސް އިންތިޚާބެއް ބާއްވާށޭ މުއިއްޒު އަޒުލް ކުރުމުގެ ކުރިން މުއިއްޒު ރައީސް ޔާމީން އަފްއާމް އެއްގެ ދަށުން ދޫކުރާށޭ އެނޫންނަމަ އަނބުރާ އެމްޑީޕީ ވެރިކަމަށް އަންނާނެއޭ އަންނާނެއޭ އަންނާނެއޭ އަންނާނެއޭ އަންނާނެއޭ އަންނާނެއޭ އަންނާނެއޭ އަންނާނެއޭ އަންނާނެއޭ އަންނާނެއޭ އަންނާނެއޭ އަންނާނެއޭ އަންނާނެއޭ އަންނާނެއޭ އަންނާނެއޭ އަންނާނެއޭ އަންނާނެއޭ އަންނާނެއޭ އަންނާނެއޭ އަންނާނެއޭ އަންނާނެއޭ އަންނާނެއޭ އަންނާނެއޭ އަންނާނެއޭ އަންނާނެއޭ

  2. ވިސްނާށޭ

    އެމްޑީޕީގެ ވޯޓުން މިފަހަރު މުއިއްޒު އާއި ސެންބެ އަޒުލް ކުރާނެއޭ ކެނެރީގެ ނަޝީދު ސިޔާސީ ދާއިރާ ދޫކޮށް ދިޔާ ކަމަށް އަޑުފެތުރީ މިކަން ކުރާށޭ މިކަން ދަނެގެން މުއިއްޒު އަވަހަށް އަފްއާމްގެ ދަށުން ރައީސް ޔާމީން ދޫކޮށްލާ އަދުރޭ ސަރުކާރުގެ ތެރޭން ވަކިކޮށް ހަދާ ޕީއެންއެފް އާއި ޕީއެންސީ ކޯލިޝަން ހަދާ ޕީޕީއެމް ރައީސް ޔާމީނާއި ހަވާލު ކޮށް ހަދާ ޕީއެންސީ އަށް ޕީޕީއެމްގެ މެމްބަރުން ވަގަށް ގެންދިއުން ހުއްޓާލާ ރައީސް ޔާމީނަށް ޚާރިޖީ ވަޒީރު ކަންދީ އަލުން ސަފު ރުކުރުވާލާ މުއިއްޒު ވެރިކަމުގައި ތާ އަބަދަށް ހުންނަން ނޫޅެ އަަވަހަށް ވަގުތު އޮތްވާ ހުޅުވިފައިވާ ސިކުނޑި އަކުން ވިސްނާށޭ ޕީޕީއެމް ޕީއެންސީ އަށް މަޖްލީހުގެ ގޮނޑި ތައް ނުލިބޭނެއޭ އެންމެ ތިން ގޮނޑި ވެސް ނުލިބޭނެއޭ އެއީ ޔަގީން ކަމެކޭ ބޮޑު އޮޅުމެއްގެ ތެރޭގައޭ މުއިއްޒު ތިޔާ އުޅެނީ އަދުރޭ މެންނަށް ސިޔާސީ ދާއިރާ ނޭގޭނެއޭ ރައީސް ޔާމީނާއި ސަރުކާރު ގުޅި ރައީސް ޔާމީނަށް ރާއްޖޭގެ ޚާރިޖީ ވަޒީރު ކަން ދީ އަދި އަލުން ކެބިނެޓް ވެސް އޯވަރހޯލް ކުރަންވީއޭ ޕީޕީއެމް ޕީއެންސީ ގައި މަސައްކަތް ނުކުރާ ހުރިހާ ވަޒީރުން ވަކިކުރާށޭ އެނޫންނަމަ މުއިއްޒުގެ ވެރިކަން މަޖްލީސް ތެރޭން ވައްޓާލާނެއޭ އެމްޑީޕީ އާއި ދަ ޑިމޮކްރެޓްސް ގުޅިގެން އެއިރުން ދެން ކެނެރީގެ ނަޝީދު ދިމާކުރާނީ ދެން ބާއްވާ އަވަސް އިންތިޚާބެއްގައި މިކަން މުއިއްޒު ދަންނާށޭ ޕާކިސްތާނު ދިޔަމަގުންނޭ މިހާރު މިގައުމު މިދަނީ…

  3. އާޒިމާ މެންގެ ސިޔާސީ އުރައްޕެއްނެއްކަން އަމިއްލަޔައް އެބަޖެހޭ ޤަބޫލްކުރަން ނާޒިމް ޕާޓީއިން ލިބުނުވޯޓު ގުނާލަބަލަ އެޕާޓީގެ ކެމްޕޭނާ ޕޮލިޓިކަލް ސްޓުރެޓެޖިސްޓު ދާއިރާއެއްގެ ވޯޓުވެސް ހަމަނުވޭ

  4. ބަލާށޭ

    ބުޅާ އެކަނި ނޫނޭ މާލޭގެ މަގުމަތިން ހުސްކުރަންވީ މާލޭގެ މަޖީދީމަގު ދުވާރަކީ އެއީ ބުޅާ އޮންނަ ގޮތަށް ދުވާރުގައި އަރި ހުރައަށް އޮށޯވެގެން ޕާރޓޭން ސަލާމް ޖަހަން ހުރި ތަނެއް ނޫނޭ އަދި މާލޭގެ ފައިސާ ނަގާ މެޝިންގްސް ތަކަކީ އެއީ ހަމަ ބުޅާ އޮންނަ ގޮތަށް އެ މެޝިން ހުންނަ ތަނުގެ ދޮރާށި ކުރިމަތީގައި ސަލާމް ޖަހަން ޕާރޓޭން ތިބެން ޖެހޭނެ ތަނެއް ނޫނޭ އަދި އިސްލާމީ މަރުކަޒުން މީހުން ނަމާދުން ފައިބާ އިރަށް ސަލާމް ޖަހަން ޕާރޓޭން ތިބެގެން ނުވާނެއޭ މިކަން ކަން އާޒިމް ހައްލު ކުރާނީ ކިހިނެއްތޭ މުއިއްޒު ވެރިކަމުގައި ހުރި އިރު އެރުނޑި ކާޅަށް މިއިން އެއްވެސް ކަމެއް ހައްލު ނުކުރެވުނޭ އެރުނޑި ކާޅު ވެރިކަމުގައި މި ފަދަ ކަންކަން ހައްލު ވާނެ ކަމަށް ހީކުރުމަކީ އެއީ ހުޅަނގު ފަރާތުން އިރު އެރުން ފަދަ ކަންކަމޭދޯ…