ޚަބަރު ސިޔާސީ

ބަރަހަނާ ވެބްސައިޓުތައް ބްލޮކް ކުރުމުން، މަހުލޫފުގެ ޝުކުރު ސަރުކާރަށް

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ރާއްޖޭގައި ބަރަހަނާ ސައިޓުތައް "ބޮލޮކް" ކުރަން ސަރުކާރުން ނިންމެވުމުން، ކުރީގެ ޔޫތު މިނިސްޓަރު އަޙުމަދު މަހުލޫފު އެކަމަށް ތަޢުރީފު ކުރައްވައިފިއެވެ.

Ads by MWSC

ފޭސްބުކްގައި ކުރައްވައިފައިވާ ޕޯސްޓެއްގައި މަހުލޫފު ވިދާޅުވީ، ސަރުކާރުގެ މި ނިންމެވުން މުޖްތަމަޢު ބަލައިގަންނަން ޖެހޭ ކަމަށެވެ.

އޭނާ ވިދާޅުވީ ބަރަހަނާ ސައިޓްތައް ބްލޮކްކުރުމުގެ ސަބަބުން ނޭނގުމުގެ ތެރެއިން އެތައް ކުޑަކުދިންނެއް ދިޔައީ ހަލާކުވެ ބައިވަރު އިޖްތިމާއީ މައްސަލަތަކެއް ނުކުންނަމުން ކަމަށެވެ.

އެކަމާއި ގުޅިގެން މަހްލޫފް ވަނީ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.

ބަރަހަނާ ސައިޓުތަކަށް ނުވަދެވޭ ގޮތަށް ހަދާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ކޮމިއުނިކޭޝަންސް އޮތޯރިޓިއަށް ސަރުކާރުން އަންގައިގެންނެވެ. އެ އެންގުމާއި ގުޅިގެން މިފަދަ ސައިޓުތައް ރާއްޖޭގެން ބްލޮކޮށްފައިވާއިރު، މި ނިންމުމަށް ގިނަ ބަޔަކު އަންނަނީ ތަޢުރީފު ކުރަމުންނެވެ.

Ads by Allied Insurance
  1. ބަލާތި

    ބުޅާ އެކަނި ނޫނޭ މާލޭގެ މަގުމަތިން ހުސްކުރަންވީ މާލޭގެ މަޖީދީމަގު ދުވާރަކީ އެއީ ބުޅާ އޮންނަ ގޮތަށް ދުވާރުގައި އަރި ހުރައަށް އޮށޯވެގެން ޕާރޓޭން ސަލާމް ޖަހަން ހުރި ތަނެއް ނޫނޭ އަދި މާލޭގެ ފައިސާ ނަގާ މެޝިންގްސް ތަކަކީ އެއީ ހަމަ ބުޅާ އޮންނަ ގޮތަށް އެ މެޝިން ހުންނަ ތަނުގެ ދޮރާށި ކުރިމަތީގައި ސަލާމް ޖަހަން ޕާރޓޭން ތިބެން ޖެހޭނެ ތަނެއް ނޫނޭ އަދި އިސްލާމީ މަރުކަޒުން މީހުން ނަމާދުން ފައިބާ އިރަށް ސަލާމް ޖަހަން ޕާރޓޭން ތިބެގެން ނުވާނެއޭ މިކަން ކަން އާޒިމް ހައްލު ކުރާނީ ކިހިނެއްތޭ މުއިއްޒު ވެރިކަމުގައި ހުރި އިރު އެރުނޑި ކާޅަށް މިއިން އެއްވެސް ކަމެއް ހައްލު ނުކުރެވުނޭ އެރުނޑި ކާޅު ވެރިކަމުގައި މި ފަދަ ކަންކަން ހައްލު ވާނެ ކަމަށް ހީކުރުމަކީ އެއީ ހުޅަނގު ފަރާތުން އިރު އެރުން ފަދަ ކަންކަމޭދޯ…

  2. ށުކުރު

    އަދިި މިކަހަލުގެެ ކިތައްމެެ ށުކުރެއް