Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ސިޔާސީ

މޭޔަރު ކަމަށް ވާދަ ކުރައްވާ ކެނޑިޑޭޓުންގެ ނަންބަރު ތަރުތީބު ކޮށްފި

މޭޔަރު ކަމަށް ވާދަ ކުރައްވާ ކެނޑިޑޭޓުންގެ ނަންބަރު ތަރުތީބު ކޮށްފި

މާލޭ ސިޓީގެ މޭޔަރަކު ހޮވުމަށް ބާއްވާ ބައި-އިލެކްޝަންގައި ވާދަ ކުރައްވާ ކެނޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށް ގުރުއަތު ނަގައިފިއެވެ.

މާލޭގެ މޭޔަރަކު ހޮވުމަށް ބާއްވާ ބައި-އިލެކްޝަން އަންނަ މަހުގެ 13 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާއިރު، މި އިންތިހާބުގައި ފަސް ކެންޑިޑޭޓަކު ވާދަކުރެއެވެ.

މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުމަށް ވަނީ ގުރުއަތުލާފައެވެ.

Advertisement
Allied Insurance — Square (box)

މާލެ ސިޓީ މޭޔަރު އިންތިޚާބުގައި ނަންތައް ތަރުތީބު ކުރެވިފައިވާ ގޮތް:

ކެންޑިޑޭޓް ނަމްބަރު 1: އަމިއްލަ ގޮތުން ޝުޢައިބް ޢަލީ

ކެންޑިޑޭޓް ނަމްބަރު 2: އަމިއްލަ ގޮތުން ކުރީގެ ޕޮލިސް ކޮމިޝަނަރު ޙުސައިން ވަހީދު

ކެންޑިޑޭޓް ނަމްބަރު 3: ޕީއެންސީގެ ޓިކެޓުގައި ކުރީގެ އެޓާނީ ޖެނެރަލް އާޒިމާ ޝަކޫރު

ކެންޑިޑޭޓް ނަމްބަރު 4: އެމްޑީޕީގެ ޓިކެޓުގައި އެމްޓީސީސީގެ ކުރީގެ އެމްޑީ އާދަމް އާޒިމް

ކެންޑިޑޭޓް ނަމްބަރު 5: ޑިމޮކްރެޓްސްގެ ޓިކެޓުގައި ސައިފް ފާތިހް

މާލޭ ސިޓީގެ މޭޔަރުގެ މަޤާމު ހުސްވެފައި ވަނީ އެ މަޤާމުގައި ކުރިން ހުންނެވި ޑރ. މުހައްމަދު މުއިއްޒު ރާއްޖޭގެ ރައީސް ކަމަށް އިންތިޚާތެ ބުވުމާއި ގުޅިގެން، އިސްތިއުފާ ދެއްވުމުންނެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް