Thursday, 5 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ބައި-އިލެކްޝަންގެ ނަތީޖާއިން ބުނެދިނީ ރައީސަށް އޮތް އިތުބާރު: ޝިޔާމް

ބައި-އިލެކްޝަންގެ ނަތީޖާއިން ބުނެދިނީ ރައީސަށް އޮތް އިތުބާރު: ޝިޔާމް

އިއްޔެ ބޭއްވި ބައި އިލެކްޝަންތަކުގެ ނަތީޖާ އިން ބުނެދެނީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ރައްޔިތުން ކުރާ އިތުބާރު ކަމަށް ފިޝަރީޒް މިނިސްޓަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

އިއްޔެ ބޭއްވި ހަތަރު ބައި އިލެކްޝަންގެ ތެރެއިން ތިން ބައި އިލެކްޝަން ޕީޕީއެމްގެ ކެންޑިޑޭޓުން ވަނީ ކާމިޔާބުކޮށްފަ އެވެ. ޕީޕީއެމުން ކާމިޔާބު ކުރީ ހއ. ކެލާ ކައުންސިލްގެ އަންހެން މެންބަރު އިންތިހާބު ކުރުމުގެ ބައި-އިލެކްޝަނާއި ނ. މާފަރު ކައުންސިލްގެ މެންބަރަކު އިންތިހާބު ކުރުމުގެ ބައި-އިލެކްޝަނާއި ނ. މާފަރު އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމެޓީއަށް މެންބަރަކު އިންތިހާބު ކުރުމަށް ބޭއްވި އިންތިހާބެވެ. ދެން ބޭއްވި އދ. ހަންޏާމީދޫ ކައުންސިލް މެންބަރަކު އިންތިހާބު ކުރުމުގެ ބައި-އިލެކްޝަން ކާމިޔާބު ކުރީ އަމިއްލަ ގޮތުން ވާދަކުރި ކެންޑިޑޭޓެވެ.

ބައި އިލެކްޝަންތަކުން ލިބުނު ކާމިޔާބީއާ ގުޅިގެން ޝިޔާމް ވިދާޅުވީ އިންތިޚާބު ކާމިޔާބުކުރެއްވި ސަރުކާރު ކޯލިޝަންގެ ކެންޑިޑޭޓުންނަށް މަރުހަބާ ދަންނަވާ ކަމަށާއި އިންތިޚާބުގައި މަސައްކަތްކޮށްދެއްވި ހުރިހާ ފަރާތްތަކަށް ޝުކުރު ދަންނަވާ ކަމަށެވެ.

Advertisement
Allied — Dhen Online (box)

"މި ކާމިޔާބީ އިން ބުނެދެނީ ރައްޔިތުން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ކުރައްވާ އިތުބާރާއި އުންމީދު،" ޝިޔާމް ވިދާޅުވި އެވެ.

މިއީ ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ބޭއްވި ފުރަތަމަ ބައި އިލެކްޝަންތަކެވެ.

ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޕީޕީއެމް/ޕީއެންސީ އަށް ކުރިމަތިވާނެ ފުރަތަމަ ބޮޑު އިންތިހާބަކީ އަންނަ މަހު ބާއްވާ މާލޭ ސިޓީގެ މޭޔަރުގެ އިންތިހާބެވެ. އެ އިންތިހާބުގައި ސަރުކާރު ކޯލިޝަނުގެ ފަރާތުން ވާދަކުރައްވަނީ ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރު އެވެ. އެމްޑީޕީގެ ފަރާތުން އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމް ވާދަކުރައްވާއިރު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ތާއީދާއެކު ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް ހުސައިން ވަހީދު ވެސް މޭޔަރުގެ އިންތިހާބުގައި ވާދަކުރައްވަ އެވެ. މި އިންތިހާބުގައި ދެން ވާދަކުރަނީ ޑިމޮކްރެޓްސްގެ ޓިކެޓުގައި މުހައްމަދު ސައިފް ފާތިހުގެ އިތުރުން އަމިއްލަ ގޮތުން ވާދަކުރައްވާ ޝުއައިބު އަލީ (ފުރަހަނި ޝުއައިބު) އެވެ.

މާލެ ސިޓީގެ މޭޔަރުގެ އިންތިހާބު އަދި ސިޓީ ކައުންސިލުން ހުސްވެފައިވާ ދާއިރާތަކުގެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ 13 ވަަނަ ދުވަހު އެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް