ޚަބަރު ސަރުކާރު

ރައީސް މުއިއްޒު އާއި ގާސިމް ބައްދަލު ކުރައްވައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ބައްދަލުވުމެއް ކުރިއަށްދާ ކަމަށް އެ އޮފީހުން ވިދާޅުވެެއްޖެއެވެ.

Ads by Hajj Corporation

ރައީސް އޮފީހުން މިއަދު ވިދާޅުވީ އެ ބައްދަލުކުރެއްވުން އޮތީ މިއަދު ރައީސް އޮފީހުގައި ކަމަށެވެ. ބައްދަލުވުމާއި ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ހާމައެއް ނުކުރެއެވެ.

ވެރިކަން ކުރާ މައި ޕާޓީ ޕީއެންސީގެ ބޭފުޅުން ވަނީ މިދިޔަ މަހުގެ ފަހުކޮޅު ވެސް ޖޭޕީގެ އިސް ވެރިންނާ ބައްދަލުކުރައްވާފައެވެ.

އެ ބައްދަލުވުމަކީ ޕީއެންސީއާ އެކު ސިޔާސީ މަސައްކަތެއް ކުރެވޭނެ މަގު އޮތްތޯ ބެލުމަށް ބޭއްވި ބައްދަލުވުމެއް ކަމަށް ޖޭޕީން ބުނެފައިވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!