ރަސްމާލެ ތަރައްޤީ ކުރަނީ ސީއެމްސީސީ އަށް 70 ހެކްޓަރުގެ ބިން ދީގެން: އާާބަންކޯ

ރަސްމާލެ ތަރައްޤީ ކުރަން ފުށިދިއްގަރުފަޅު ހިއްކަނީ ސްރީ ލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީސީ) އަށް 70 ހެކްޓަރުގެ ބިން ދީގެން ކަމަށް އާބަންކޯ އިން ބުނެފިއެވެ.
އާބަންކޯ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވީ ރަސްމާލެ މަޝްރޫޢު ހިންގަން ސަރުކާރުންނާއި އާބަންކޯ އިން ވެސް އެއްވެސް ޚަރަދެއް ނުކުރާނެ ކަމަށެވެ.
މި މުޅި އޮޕަރޭޝަނަށް ޚަރަދު ކުރުމަށް ސީއެމްސީއަށް ހުޅުމާލެ ދެވަނަ ފިޔަވަހިން 10 ހެކްޓަރު އަދި ރަސްމާލެ އިން 60 ހެކްޓަރުގެ ބިން ހިމެނޭހެން ޖުމްލަ 70 ހެކްޓަރުގެ ބިން އެއްވެސް އަގަކާ ނުލައި ދީގެން ކަމަށް އާބަންކޯ އިން ވަނީ ހާމަކޮށްފައެވެ.
އެގޮތުން ފަޒުލް ވިދާޅުވީ ފުށިދިއްގަރު ފަޅު ހިއްކާ ނިންމުމުން އެ ތަނުން 60 ހެކްޓަރުގެ ބިން ސީއެމްސީސީ އަށް ދޫކުރާނެ ކަމަށާއި އެ ތަން ދޫކުރަނީ ރަސްމާލެ ސިޓީ ތަރައްޤީ ކުރަން ހޭދަވާނެ ކަމަށް ބެލެވޭ 99 އަހަރުގެ މުއްދަތަށް ކަމަށެވެ.
ހަމަ އެހެންމެ ފަޒުލް ވިދާޅުވީ ހުޅުމާލޭގެ މާސްޓާ ޕްލޭނާއި އެއްގޮތްވާ ގޮތުގެ މަތިން ސީއެމްސީން ބޭނުންވާ އަގަކަށް އެ ބިން ވިއްކޭނެ ކަމަށެވެ.
މީގެ އިތުރުން މަޝްރޫޢުގެ ސަބަަބުން އާބަންކޯގެ އެސެޓަށް ބިން އިތުރުވެގެންދާކަން ހާމަކޮށް ފަޒުލް ވިދާޅުވީ މި އޮޕަރޭޝަނަށް ހުޅުމާލޭ ދެވަނަ ފިޔަވަހިން އަދި ރަސްމާލެ އިން ދޫކުރި 70 ހެކްޓަރުގެ ބަދަލުގައި އާބަންކޯ އަށް ރަސްމާލޭގެ 1093 ހެކްޓަރު ބިން ލިބޭނެ ކަމަށެވެ.







ކޮމެންޓް