Sunday, 1 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ލޮޓަސް ގޯޅި ބަންދު ކޮށްދޭން އިންޑިއާ ހައިކޮމިޝަނުން އެދުނުކަމަށް ބުނާ ވާހަކަތައް ދޮގުކޮށްފި

ލޮޓަސް ގޯޅި ބަންދު ކޮށްދޭން އިންޑިއާ ހައިކޮމިޝަނުން އެދުނުކަމަށް ބުނާ ވާހަކަތައް ދޮގުކޮށްފި

އިންޑިއާ ހައިކޮމިޝަނުގެ އިރަށް އޮންނަ ލޮޓަސް ގޯޅި ބަންދުކޮށްދޭން ހައިކޮމިޝަނުން އެދުނުކަމަށް ބުނާ ވާހަކަތައް ސަރުކާރުން ދޮގުކޮށްފިއެވެ.

ލޮޓަސް ގޯޅި ދާއިމީކޮށް ބަންދުކުރަން ، އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވައިފައި ހުންނަ ސަފީރު ސަންޖޭ ސުދީރު ސަރުކާރުގައި އެދުނުކަމަށް ބުނެ ފޮރިން މިނިސްޓްރީގެ އޮފިޝަލަކާ ހަވާލާދީ ބައެއް މީޑިއާތަކުގައި ވަނީ ރިޕޯޓު ކޮށްފައެވެ.

ނަމަވެސް އެ މިނިސްޓްރީން މިކަމާ ގުޅޭގޮތުން ވިދާޅުވީ، ލޮޓަސް ގޯޅި ބަންދުކޮށްދޭން ހައިކޮމިޝަނުން އެދިފައި ނުވާ ކަމަށާއި ހައިކޮމިޝަނުގެ ސަލާމަތީ ކަންކަން ބަލަހައްޓާނީ ސަލާމަތީ ހިދުމަތްތަކުން ކަމަށެވެ.

Advertisement
Ooredoo — Square (box)

މާލޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނާއި ޗައިނާގެ އެމްބަސީގެ އެދުމުގެ މަތިން މިހިނގާ ޖުލައި މަހުގެ ކުރީކޮޅު އެ ދެ ތަނުގެ ސަލާމަތީ ފިޔަވަޅުތައް ވަނީ އިތުރަށް ވަރުގަދަކޮށްފައެވެ. އަދި އިންޑިއާ ހައިކޮމިޝަން ގޮއްވައިލާނެކަމަށް ބުނެ ޓްވީޓް ކޮށްފައިވާ މައްސަލައަކާ ގުޅިގެން އުމުރުން 42 އަހަރުގެ ދިވެހި ފިރިހެނަކު މި މަހުގެ ތެރޭގައި ވަނީ ހައްޔަރުކޮށްފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް