އިހަވަންދޫ ޑިންގީއަކުން ހުދަންބަރެއް ހޮވައިފި

ހއ. އިހަވަންދޫއިން ސްޕޯޓްސް ފިޝިންގއަށް ނިކުމެ އުޅުނު ޑިންގީއަކުން ހުދަންބަރެއް ކަމަށް ބެލެވޭ އެއްޗެއް ހޮވައިފިއެވެ.
އެޑިންގީގެ ކެޕްޓަން ޢަބްދުﷲ އިރުޝާނުއާ ހަވާލާދީ "އިހަވަންދޫ.ކޮމް" އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި 5 މީހަކާއެކު ސްޕޯޓްސް ފިޝިންގއަށް ގޮސްއުޅެނިކޮށް ހުދަންބަރެއްކަމަށް ބެލެވޭ އެއްޗެއް ފެނިފައިވަނީ ހއ. މަޑުލާއި ހއ. ބެރިއްމަދޫއާ ދެމެދު ކަނޑުން، މިދިޔަ ހޮނިހިރު ދުވަހު ހަވީރު ކަމަށެވެ.
އިރުޝާން ބުނީ އޭތި ނެގި އިރު 4 ކިލޯ ހުރި ކަމަށާއި ރަށަށް ގެނެސް ތަޖުރިބާހުރި މީހުންނަށް ދެއްކުމުން އެއީ މާވަހަރެއް ކަމަށް ބުނެފައިވާ ކަމަށެވެ.
އިތުރަށް އިރުޝާނު ބުނީ މާވަހަރު ޓެސްޓު ކުރުމަށް ކުރާ ޓެސްޓުތައް މިހާރު ކޮށްފައިވާ ކަމަށާއި އެއީ މާވަހަރެއް ކަމަށް ގިނަމީހުން ބުރަވާ ކަމަށެވެ.