Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
އިޖުތިމާޢީ

އަންނަ ހަފްތާގައި މަދިރި ނައްތާލުމުގެ މަސައްކަތް ރާއްޖޭގެ ހުރިހާ ހިސާބެއްގައި ފަށަނީ

އަންނަ ހަފްތާގައި މަދިރި ނައްތާލުމުގެ މަސައްކަތް ރާއްޖޭގެ ހުރިހާ ހިސާބެއްގައި ފަށަނީ

ފައިލޭރިއާ ބަލި ފެތުރެން ފެށުމާއި ގުޅިގެން އެ ބަލިން ރައްކާތެރި ވުމަށް މަދިރި އުފެދޭ ތަންތަން ނައްތާލުމަށް މުޅި ރާއްޖޭގައި ޕްރޮގްރާމެއް ފެށުމަށް ނިންމައިފިއެވެ.

މިކަން ހާމަކޮށް ނޫސްވެރިންނަށް މަޢުލޫމާތު ހިއްސާކުރައްވަމުން ސިޓީތަކާއި އިދާރީ ދާއިރާތަކާއި އާންމު މަސައްކަތްތަކާ ބެހޭ މިނިސްޓަރު އާދަމް ޝަރީފް ޢުމަރު ވިދާޅުވީ އަންނަ ހަފްތާގައި މަދިރި ނައްތާލުމުގެ މަސައްކަތް ރާއްޖޭގެ ހުރިހާ ހިސާބެއްގައި ފަށްޓަވާނެ ކަމަށެވެ.

ޝަރީފް ވިދާޅުވީ ރާއްޖޭގައި މަދިރި ނައްތާލުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް ކުރުމަށް ނިންމާފައިވާ ކަމަށެވެ.

Advertisement
Ooredoo — Square (box)

އެގޮތުން މާލޭގައި އެމްއެންޑީއެފާއި ގުޅިގެން މަދިރި ނައްތާލުމުގެ މަސައްކަތް ކުރުމަށް ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ޝަރީފް ވިދާޅުވީ މި އަންނަ ހަފްތާ ނިމޭއިރު މަދިރި އުފެދޭ ތަންތަން ނައްތާލުމަށް މަސައްކަތްތައް ފަށާނެ ކަމަށެވެ.

މިގޮތުން މިކަން ކުރުމުގައި ޚާއްސަކޮށް މާލޭގައި ވެމްކޯ އާއި، މާލޭގެ ހުރި އެހެން މުއައްސަސާތައް، އެމްއެންޑީއެފާއި ޕޮލިހާއި އެނޫންވެސް ހުރިހާ މުވައްސަސާތަކުން ގުޅިގެން މަސައްކަތް ކުރާނެ ކަމަށް މިނިސްޓަރު ޝަރީފް ވިދާޅުވިއެވެ.

މަދިރީގެ ޒަރިއްޔާއިން ޖެހޭ ނުރައްކާތެރި ބައެއްޔެއް ކަމަށްވާ ފައިލޭރިއާގެ ކޭސްތައް އިތުރުވަމުންދާ މި ދަނޑިވަޅުގައި އާބަންކޯ އިން ވެސް ވަނީ "ފައިލޭރިއާއިން ރައްކާ"ގެ ނަމުގައި ކެމްޕެއިނެއް ފަށާފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް