ދުނިޔެ

އާ އަހަރު ފާހަގަކުރަން 5 ރަށެއްގައި ހަވާ އަރުވަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އާ އަހަރުގެ ފެށުން ފާހަގަކުރަން ފަސް ރަށެއްގައި ހަވާ އަރުވާނެ ކަމަށް އެމްއެންޑީއެފް އިން ބުނެފި އެވެ.

Ads by Sosun Fihaara

އެމްއެންޑީއެފުން ބުނީ ހަވާ އެރުވުމަށް ހަމަޖެހިފައިވަނީ މާލޭގެ އިތުރުން މާލެ އަތޮޅު މާފުށްޓާއި ތުލުސްދޫ އާއި ދިއްފުށްޓާއި އއ. ތޮއްޑޫގައި ކަމަށެވެ. ހަވާ އަރުވާނީ ތިން މިނެޓްގެ ވަގުތަކަށް ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

އާ އަހަރު ފާހަގަކުރަން ރަށްތަކުގައި ހަވާ އަރުވާއިރު، އާ އަހަރު ފާހަގަ ކުރުމަށް މާލޭގައި މިއުޒިކް ޝޯ އެއް ބޭއްވުމަށް ޔޫތް މިނިސްޓްރީން ވަނީ ނިންމާފަ އެވެ.

ޔޫތް މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑު) ވިދާޅުވީ އާ އަހަރު ފާހަގަކުރަން މިފަހަރު ބާއްވަނީ ފެސްޓިވަލެއް ކަމަށާއި ފެސްޓިވަލް ކުރިއަށް ގެންދަނީ "ދިވެހީންގެ ރާއްޖެ" ނަމުގައި ކަމަށެވެ. އެ ފެސްޓިވަލުގެ ތެރެއިން މިއުޒިކް ޝޯ އަކާއި ލޭޒާ ޝޯއެއް ކުރިއަށްދާނެ ކަމަށް އަސްވާޑު ވިދާޅުވި އެވެ. މިއުޒިކް ޝޯ ގައި މުޅީން ވެސް ބައިވެރިވާނީ ދިވެހި ފަންނާނުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އަދި މި ފެސްޓިވަލުގެ ތެރެއިން މި މަހުގެ 31 ގައި ކުޑަކުދިންގެ ހަވީރެއް ވެސް ބޭއްވުމަށް ވެސް ހަމަޖެހިފައިވާ ކަމަށް އަސްވާޑު ވިދާޅުވި އެވެ.

Ads by Ooredoo
  1. ގުއިއްޒު

    މިއީ ސަލަފުން ދިން ފަތުވާ؟

  2. ފަރުހަތު

    މިއީއިސްރާފެއްނޫތޯ 5 ރަށުގަހަވާއުވަނީ އިލްމުވެރިންނޭކިޔާގެންއުޅޭބަޔަކު ކުރިން މިކަންވަރަށްގޯސވި ބޮނދެތިހަރަދުތައްތިކުރަނީ ރައްޔްތުން ހަފުސްކުރަންތޯ މިހާރު ތަކެތީގެ އަގުދަނީއުފުލެމުން ބިސްކޭހެއް650 ރުފިޔައަށް ފިޔާ އަގު35 ކިލޯއެއް މިވަރުންވެސް ކުރީސަރުކާރުން ތަކެތީގެ އަގުބޮނޑުވީމައެވާހަކަ ނޫސތަކުގަޔާ ޖަލްސާތަކުގަ ހުއްޓުމެއްނެތިގޮވި މިހާރު ނޫސްތަކަށްލާރިދޭތީ އަގަބަންދުވެފަ ސޭހުންނައްވަޒީފާތައްދިނީމަ ހަރާންކަންތައްހަލާލުވެފަ މިއޮތީ