Sunday, 1 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ރައީސް ވިދާޅުވީ ފެންބޮޑުވުމަށް އޮތް ހައްލަކީ އާ ސްޓޯމް ވޯޓާ ނިޒާމެއް ގާއިމްކުރުން ކަމަށް

ރައީސް ވިދާޅުވީ ފެންބޮޑުވުމަށް އޮތް ހައްލަކީ އާ ސްޓޯމް ވޯޓާ ނިޒާމެއް ގާއިމްކުރުން ކަމަށް
މާލޭގެ މަގުތަކުގައި ފެން ބޮޑުވުމަށް އޮތް ހައްލަކީ ހުރިހާ މަގެއްވެސް ރަނގަޅު ފެންވަރުގައި ހެދުމާއި އެކު އެ މަގުތަކުގެ އަޑީގައި ވަރުގަދަ ސްޓޯމްވޯޓާ ނުވަތަ ވާރޭ ފެން ހިންދާ ނިޒާމެއް ގާއިމު ކުރުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. މާލެއަށް ކުރި ވިއްސާރާގައި ގެއްލުންވެފައިވާ ގެތަކަށް ރައީސް އާއި ނައިބް ރައީސް ވަނީ ޒިޔާރަތްކުރައްވައި އެ ގެތަކުގެ ދިރިއުޅޭ ފަރާތްތަކާއި ބައްދަލުކުރައްވައި ތަކެއްޗަށް ލިބުނު ގެއްލުނ ބައްލަވާލައްވާފައެވެ. އެ ފަރާތްތަކަށް އެހީ ފޯރުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ. އެ ޒިޔާރަތަށް ފަހު ދައުލަތުގެ މީޑީއާ، ޕީއެސްއެމްއާ ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، މާލޭގެ ހުރިހާ މަގެއް ރަނގަޅު ފެންވަރެއްގައި ހެދުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ. ހަމައެއާއި އެކު ރައީސް މުއިއްޒު ވިދާޅުވީ ސްޓޯމް ވޯޓާ ނިޒާމް އަޕްގްރޭޑް ކުރުމަށް މަސައްކަތް ކުރެވެމުންދާ ކަމަށެވެ. ނަމަވެސް އެއީ މި ދަނޑިވަޅަށް އެންމެ އެކަށީގެންވާ ކަމެއްކަމަށް ދެކެވަޑައިނުގަންނަވާ ކަމަށްވެސް ވިދާޅުވިއެވެ.
އަޑީގައި ވަރަށް ވަރުގަދަ ސްޓޯމް ވޯޓާ ނިޒާމެއް ގާއިމްކުރަން. ވަރަށް ފަލަ ހޮޅިތަކެއް ލާފައި ވަރުގަދަ ޕަންޕިން ނިޒާމެއް ލާފައި. އޭރުން މިފަދަ ސިޓުއޭޝަނެއްގައިވެސް ގެތައް ސަލާމަތްވެ މީހުންގެ ފުރާނަ އާއި ދިރިއުޅުމަށްކުރާ މަސައްކަތްތަކާއި ވިޔަފާރިތައް ސަލާމަތް ކުރެވޭނެ''
ރައީސް ވިދާޅުވީ ރަށްރަށުގައި ޑިޒާސްޓާ މެނޭޖްމެންޓުގެ ކެޕޭސިޓީ ވަރުގަދަކުރަން ޖެހޭނެ ކަމަށެވެ. އޭގެ ތެރޭގައި އެމެޖެންސީގައި ގޭގެއަށް ދޭން ޖެހޭ އެހީތެރިކަމާއި މީހުންނަށް ދޭންޖެހޭ އެހީތެރިކަމާއި ތަކެތި ފޯރުކޮށްދިނުމުގެ އިތުރުން ވަގުތީ ހިޔާތަކަށް މީހުން ގެންދިޔުން ފަދަ ކަންކަން ހިމެނޭ ކަމަށް ވިދާޅުވިއެވެ. ''މުޅި ޑީޒާސްޓާ މެނޭޖްމެންޓު ނިޒާމު ވަރުގަދަކުރުންވެސް ކުރިއަށް ގެންދާނަން. މި ކަހަލަ ހުރިހާ ކަމެއް ކުރުމަށް ނިންމާފައި މިވަނީ މާ ލަސްތަކެއް ނުވެ އަވަސް ފިޔަވަޅުތަކެއް އެޅި ރަނގަޅުވެގެންދާނެ'' ރައީސް ވިދާޅުވިއެވެ. މާލެއަށް ކުރަމުންދާ ވިއްސާރާގައި 110 ގެއަކަށް ފެން ވަދެގެން ރިޕޯޓުކޮށްފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް (އެންޑީއެމްއޭ)އިން މައުލޫމާތުދެއެވެ. ފެން ވަދެ ގެއްލުން ލިބުނު ގެތަކުގެ ތެރެއިން ދެ ގެޔެއްގެ މީހުން އެހެން ތަނަކަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ޑީޒާސްޓާ މެނޭޖްމެންޓުން ވަނީ ބުނެފައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް