ޚަބަރު

2023 ގައި ޒަކާތު ފަންޑުން ބޭސްފަރުވާ އަށް 25 މިލިއަން ހަރަދުކުރި

އަލީ ސަމާޙް ، ދެން އޮންލައިން

ނިމުނު 2023 ވަނަ އަހަރު ޒަކާތު ފަންޑުން ބޭސްފަރުވާ އަށް 25 މިލިއަން ރުފިޔާ ހަރަދުކޮށްފިއެވެ.

Ads by Hajj Corporation

ޕީއެސްއެމްގެ ''ރާއްޖެމިއަދު'' ޕްރޮގްރާމްގައި ޒަކާތުގެ ހައުސްގެ ފަންޑު މެނޭޖަރު އަބްދުﷲ އަލީ ވިދާޅުވީ،  އާއްމު ރައްޔިތުންގެ ތެރެއން ފުދުންތެރިކަން ނެތް ފަރާތްތަކަށް އެ ފަންޑު މެދުވެރިކޮށް ބޭސްފަރުވާގެ އެހީތެރިކަން ފޯރުކޮށްދެމުންދާއިރު މިދިޔަ އަހަރު ބޮޑު އަދަދެއް ބޯންމެރީ ހެދުމަށް ހޭދަކޮށްފައިވާ ކަމަށެވެ.

''ނިމިދިޔަ އަހަރުގައިވެސް ބޯންމެރޯ ހެދުމާއި އެކު ގާތްގަނޑަކަށް 25 މިލިއަން ރުފިޔާ ބޭސްފަރުވާއަށް ޒަކާތު ފަންޑުން ވަނީ ހަރަދުކޮށްފައި'' އަބްދުﷲ ވިދާޅުވިއެވެ.

އިސްލާމިކް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން 2019 ވަނަ އަހަރު ބޭސްފަރުވާ އަށް 22،578،835.77 (ބާވީސް މިލިއަން ފަސްލައްކަ ހަތްދިހަ އަށްހާސް އަށްސަތޭކަ ތިރީސް ފަސް ރުފިޔާ ހަތްދިހަ ހަތްލާރި)، 2020 ވަނަ އަހަރު 6،335،337 (ހަ މިލިއަން ތިންލައްކަ ތިރީސް ފަސްހާސް ތިންސަތޭކަ ތިރީސް ހަތް ) ރުފިޔާ އަދި 2021 ވަނަ އަހަރު 7،023،499 (ހަތް މިލިއަން ތޭވީސް ހާސް ހަތަރުސަތޭކަ ނުވަދިހަ ނުވަ ) ރުފިޔާ ބޭސްފަރުވާއަށް ހަރަދުކޮށްފައިވެއެވެ.

އެ ފަންޑުން ފާއިތުވި ދެ އަހަރު ތެރޭގައި ތައުލީމު ހާސިލުކުރަމުން އަންނަ ދަރިވަރުންނަށް 11 މިލިއަނަށްވުރެ ގިނަ ފައިސާ ހަރަދުކޮށްފައިވާ ކަމަށް ނިމިދިޔަ ސަރުކާރުގެ އިސްލާމިކް މިނިސްޓަރު ޑރ އަހުމަދު އަލީ ޒާހިރު ވަނީ ވިދާޅުވެފައެވެ.

އެ ފަންޑުގެ ތެރެއިން ހަރަދުކުރަނީ މަތީ ތައުލީމު ހާސިލުކުރާ ދަރިވަރުންގެ ތެރެއިން މާލީ ތަނަވަސްކަން ނެތް ދަރިވަރުންނަށެވެ.

އިންވެސްޓު ކުރާނެ، ފަގީރުވާ ސަބަބު ހޯދަން ޖެހޭ: ފަންޑު މެނޭޖަރު

ފަންޑު މެނޭޖަރު އަބްދުﷲ ވިދާޅުވީ، އަލަށް އުފެދިގެން ދިޔަ ޒަކާތު ހައުސްއާ އެކު މަސައްކަތް ފަށާފައިވަނީ ޒަކާތުގެ ފައިސާ އިތުރުކުރު ކުރުން ކަމަށެވެ. އަހަރުން އަހަރަށް ލިބޭ ފައިސާ އިތުރުކުރުމުގެ ގޮތުން ކުރެވިދާނެ ކަންތައްތަކަކީ ނުވަތަ އިންވެސްޓު ކުރެވިދާނެ ދާއިރާތަކަކީ ކޮބައިތޯ ބަލަމުންދާ ކަމަށް އަބްދުﷲ ވިދާޅުވިއެވެ.

''އެއާ ބެހޭ ޝަރުއީ ދާއިރާގެ ލަފާވެސް އަޅުގަނޑުމެން ހޯދާނަން'' އޭނާ ވިދާޅުވިއެވެ. އަބްދުﷲ ވިދާޅުވި ގޮތުގައި އެއަށް ފަހު ޒަކާތު ހައުސްއިން އެންމެ ބޮޑު އިސްކަމެއް ދޭނީ މީހުން ބިނާކުރުން އަދި ތަމްރީނު ކުރުމަށް ކަމަށެވެ. ޒަކާތު ފަންޑުގެ ސްކޮލާޝިޕްގައި އިސްލާމިކް ފައިނޭންސްއާ ގުޅުންހުރި ދާއިރާތަކުން ތަމްރީނުވެފައިވާ ގިނަ އަދަދެއްގެ ބަޔަކު ދާއިރާގައި ހަރާކާތްތެރިވަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

އަބްދުﷲ ވިދާޅުވި ގޮތުގައި ރާއްޖޭގައި މީހުން ފަގީރުވާ ސަބަބު ހޯދަން ދިރާސާތަކެއް ހެދުން މުހިއްމު ކަމަށެވެ. އެހެން ގައުމުތަކުން ފަގީރުން ދިިރިއުޅޭ ހާލަތުގައި ރާއްޖޭގެ ފަގީރުން ދިރިއުޅެން ޖެހިފައިނުވާ ކަމަށާއި ނަމަވެސް ޒަރޫރީ ބޭނުންތައް ނުފުއްދޭ ގިނަ އަދަދެއްގެ ބަޔަކު ރާއްޖޭގައި އެބަތިބި ކަމަށް ވިދާޅުވިއެވެ.

އެހެންވެ ޒަކާތު ހައުސްގެ ބޭނުމަކީ ފަގީރުންނާއި މިސްކިނުން ފުދުންތެރި ބަޔަކަށްވުން ކަމަށެވެ. އަދި މުއްސަނދިންނާ ފަގީރުންނާ ދެމެދު އޮންނަ ފަރަގު ކުޑަކުރުން ކަމަށެވެ.

ޒަކާތު ހައުސްގެ މަސައްކަތްތަކުގެ ތެރޭގައި ޒަކާތް ބަލައިގަތުމުގެ އިންތިޒާމު ހަމަޖެއްސުމާއި، ޒަކާތް ހައްގުވާ ފަރާތްތަކަށް ޒަކާތް ދޫކުރުމުގެ އިންތިޒާމުތައް ހަމަޖެއްސުން ހިމެނެއެވެ. އަދި ކޮންމެ ހަ މަހަކުން އެއްފަހަރު މުދަލު ޒަކާތުގެ ނިސާބު އިއުލާނުކުރުމާއި، ކަމާބެހޭ އިދާރާތަކާ ގުޅިގެން، ފަގީރުންނާއި މިސްކީނުންގެ ދަފުތަރު އެކުލަވައިލައި އަދާހަމަކޮށް ބެލެހެއްޓުމުގެ މަސައްކަތްވެސް ހިމެނެއެވެ.

އެ މުވައްސަސާގެ ތެރެއިން ޒަކާތުގެ އިލްމު ފެތުރުމާއި، ޒަކާތުގެ ހުކުމްތަކާމެދު އާންމުންނާ ވިޔަފާރިތަކާ ދައުލަތުގެ އިދާރާތައް ހޭލުންތެރިކުރުން ހިމެނެއެވެ. ހަމަ އެއާއެކު ޒަކާތް ލިބިގަންނަ މީހާ މާދަމާ ޒަކާތް ނެރޭ ތަނަސް މީހަކަށް ބަދަލުކުރުމުގެ އަޒުމުގައި މުހިންމު އިޖުތިމާއީ ޕްރޮގްރާމްތައް ހިންގުންވެސް ޒަކާތު ހައުސްގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނެއެވެ.

  1. ވަގުންނޭ

    އާޒިމާ އަކީ އެއީ ބޮޑުވަގެކޭ ވަގަކަށް މާލެ ސިޓީ ކައުންސިލް މޭޔަރު ކަންދޭން ހެޔޮނުވާނެއޭ ސަރުކާރުގެ ފައިސާ އިން އޭނާގެ ދަރަނި ޚަލާސްކުރާއިރު ދެން އޭނާ މޭޔަރު ކަމަށް އައިސް ކުރާނީ މުޅިންވެސް ވައްކަމޭ އެއީ ޔަގީން ކަމެކޭ ހެޔޮނުވާނެއޭ މުއިއްޒު އެއީ ބޮޑު ވަގެކޭ އޭނާ އެދަނީ ލަންކާ ވަގުންނަށް ހުޅުމާލެ ވިއްކާލާ ކަޓް ކަމުންނޭ އެފައިސާ އިންނޭ އޭނާ މެމްބަރުން ގަންނަނީ އާޒިމާ އަށް ވޯޓްދޭން ހެޔޮނުވާނެއޭ އެއީ ބޮޑު ވަގެކޭ ބޮޑު ވަގެކޭ ބޮޑު ވަގެކޭ ޓިނު ވަގެކޭ ވަގެކޭ ވަގެކޭ