Thursday, 5 November 2026
Advertisement
Allied Insurance (leaderboard)
ސިޔާސީ

މަޖިލީހަށް ވާދަނުކުރަން ހިސާން ނިންމައިފި

މަޖިލީހަށް ވާދަނުކުރަން ހިސާން ނިންމައިފި
ޖުޑީޝަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ)ގެ ރައީސްކަން ވެސް ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން މިއަހަރު އޮންނަ 20 ވަނަ މަޖިލީހުގެ އިންތިޚާބުގައި ވާދަނުކުރާން ނިންމައި، މިއަދު އެކަން އިއުލާނު ކުރައްވައިފިއެވެ.

ހިސާން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ތުޅާދޫ ދާއިރާ ތަމްސީލް ކުރެއްވުމަށް އޭނާއަށް ދާއިރާގެ ރައްޔިތުން ދިން ފުރުސަތަށް ޝުކުރު އަދާ ކުރައްވާ ކަމަށެވެ. އަދި އަންނަ އިންތިހާބުގައި ވާދަނުކުރައްވާނެ ކަމަށް ހިސާން ވިދާޅުވިއެވެ.

އަދި ތުޅާދޫ ދާއިރާ ތަމްސީލުކުރަން ދާއިރާގެ ރައްޔިތުން ދެއްވި ފުރުސަތަށް ދާއިރާގެ އެންމެހައި ބޭފުޅުނަށް ހިތުގެ އެންމެ ފުންމިނުން ޝުކުރުއަދާކުރާ ކުރާ ކަމަށާއި މަސައްކަތުގައި އެހީތެރިވެދެއްވި އާއިލާއާއި، ޓީމް މެންބަރުންނަށް ވެސް ޝުކުރު އަދާކުރައްވާ ކަމަށް ހިސާން ވިދާޅުވިއެވެ. "ކުރިއްޔަށް އޮތްތަނުގައިވެސް އެމް.ޑީ.ޕީ.އާ އެކު ހުންނާނެކަމުގެ ޔަގީންކަން އަރުވަމުން, 2024 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހަށް އަޅުގަނޑު ކުރިމަތި ނުލާން ނިންމާފައިވާކަމުގައި ދަންނަވަން. އުންމީދަކީ މާތް اللهގެ ވާގިފުޅާއެކު އަބަދުވެސް ރައްޔިޔުންނަށް ހިދުމަތްކުރުމުގައި ދެމިހުރުން" ހިސާން ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް