އާޒިމާގެ މެނިފެސްޓޯ ލޯންޗުކުރުން މިރޭ

ސަރުކާރު ހިންގާ މައި ޕާޓީ ކޮންގްރެސް ޕާޓީގެ ފަރާތުން މޭޔަރުކަމުގެ އިންތިޚާބުގައި ވާދަކުރައްވާ ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރުގެ މެނިފެސްޓޯ ލޯންޗުކުރުން މިރޭ ބާއްވާ ގޮތަށް ނިންމައިފިއެވެ.
މިކަން ހާމަކޮށް ޕީއެންސީން ބުނީ އެ ޕާޓީގެ ޓިކެޓުގައި މާލެ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ ކެންޑިޑޭޓު އާޒިމާގެ މެނިފެސްޓޯ އިފްތިތާހު ކުރުން މިރޭ އޮންނާނެ ކަމަށެވެ.
މި ޖަލްސާ ބާއްވަން ހަމަޖެހިފައި ވަނީ މިރޭ 8:00 ގައެވެ. މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެ ވަޑައިގަންނަވާނެއެވެ.
މި ޖަލްސާ ބޭއްވުމަށް ހަމަޖެހިފައި ވަނީ ދިވެހީންގެ ރާއްޖެ މައި ޖަގަހަ (ދޮންމަނިކު ސްކައިވިއު ތިރި) ގައެވެ.
މޭޔަރުގެ އިންތިޚާބުގައި ކޮންގްރެސް ޕާޓީގެ އިތުރުން, ހަތަރު ކެނޑިޑޭޓަކު ވާދަކުރެއެވެ. އެއީ ކުރިން ވެރިކަމުގައި އޮތް އެމްޑީޕީންނާއި, ޑިމޮކްރެޓްސްގެ އިތުރުން އަމިއްލަ ދެ ކެނޑިޑޭޓެކެވެ.






ކޮމެންޓް