Wednesday, 4 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ރިސްކް ނުނަގާ ސަރުކާރުގެ ކެނޑިޑޭޓަކު ހޮވައިދޭން ރައީސް އެދިވަޑައިގެންފި

ރިސްކް ނުނަގާ ސަރުކާރުގެ ކެނޑިޑޭޓަކު ހޮވައިދޭން ރައީސް އެދިވަޑައިގެންފި
މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ބައި އިލެކްޝަނުގައި މާލޭގެ ރައްޔިތުން "ރިސްކު" ނުނަގާ ސަރުކާރުގެ ކެންޑިޑޭޓު އާއިޝަތު އާޒިމާ ޝުކޫރު އެ މަގާމަށް އިންތިހާބު ކޮށްދެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިލްތިމާސް ކުރައްވައިފިއެވެ. ވިލިމާލޭގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ މޭޔަރަކަށް ވަޑައިގަންނަވާ ބޭފުޅަކު ކިތަންމެ ކަމެއް ކޮށްދެއްވަން ބޭނުންފުޅުވި ނަމަވެސް އެބޭފުޅަކު ނިސްބަތްވާ ޕާޓީގެ ވިސްނުން ހުރި ގޮތެއް ނޭނގޭނެ ކަމަށެވެ. އެކަން ދިވެހި ރައްޔިތުންނަށް ވަރަށް ސާފުކޮށް ރައްޔިތުން މަޖިލީހުގެ ތެރެއިން ފެންނަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ. "އަޅުގަނޑުމެންގެ ކެންޑިޑޭޓު ހޮއްވަވައި ދެއްވީމާ ވަރަށް ފަސޭހަކަމާއެކު ރައްޔިތުން އެދޭ ގޮތަށް ހުރިހާ ކަމެއް ތަރުތީބުވެ މިރަށުގައި މިތާ ކުރަންހުރި ހުރިހާ ކަމެއް ހަމަޖެހިގެން ދާނެ" ރައީސް ވިދާޅުވީ އެހެން ޕާޓީއެއްގެ ކެނޑިޑޭޓަކަށް ވޯޓް ދިނުމަކީ ރިސްކެއް ކަމަށާއި އެ ރިސްކް ނުނެންގެވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

"މިހާރު އެބަ ފެނޭ މަޖިލިސް ތެރެއިން ކަންކަން ކުރާ ގޮތް. އެހެންވީމާ ތިބޭފުޅުން އެ ރިސްކު ނުނަންގަވާތި."

މޭޔަރުކަމަށް އާ ބޭފުޅަކު އިންތިހާބުކުރުމަށް ބައި އިލެކްޝަން ބާއްވަން އީސީން ނިންމާފައި ވަނީ މި މަހުގެ 13 ގައެވެ. އެ ގޮނޑިއަށް މި ފަހަރު ފަސް ކެންޑިޑޭޓުން ވާދަކުރައްވައެވެ. އެއީ އެމްޑީޕީންނާއި ޑިމޮކްރެސްޓްގެ އިތުރުން އަމިއްލަ ގޮތުން ދެ ކެނޑިޑޭޓުންނެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް