Wednesday, 4 November 2026
Advertisement
STO — McCoy (leaderboard)
ރައްޔިތުންގެ މަޖިލިސް

ބަޖެޓު ކޮމިޓީގެ މުޤައްރިރަކަށް ސަލީމް، ނައިބަކަށް ފަޒާދު އައްޔަންކޮށްފި

އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ދައުލަތުގެ ބަޖެޓު ދިރާސާކުރާ ކޮމިޓީގެ މުގައްރިރަކަށް އަޙްމަދު ސަލީމް އަދި ނައިބު މުގައްރިރަކަށް ޢަލީ ފަޒާދު މިއަދު އައްޔަންކޮށްފިއެވެ.

ފޮޓޯ: ރައްޔިތުންގެ މަޖިލީސް
ފޮޓޯ: ރައްޔިތުންގެ މަޖިލީސް

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ދައުލަތުގެ ބަޖެޓު ދިރާސާކުރާ ކޮމިޓީގެ މުޤައްރިރަކަށް މަޖިލީހުގެ ނައިބު ރައީސް އަދި އޭދަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމް މިއަދު އައްޔަންކޮށްފިއެވެ.

ކޮމިޓީގެ ނައިބު މުޤައްރިރަކަށް ހަމަޖެއްސެވީ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޢަލީ ފަޒާދެވެ.

މި ދެ މަޤާމަށް ބޭފުޅުން އައްޔަންކުރަން ފާސްކުރީ ބަޖެޓު ދިރާސާކުރާ ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ. ސަލީމާއި ފަޒާދުގެ ނަންފުޅު ކޮމިޓީއަށް ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫޙެވެ. އަދި އެ ހުށަހެޅުމަށް ތާއީދުކުރެއްވީ ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ ޝަރީފެވެ. ފާހަގަކޮށްލެވޭ ގޮތުގައި މިދިޔަ އަހަރުގެ ބަޖެޓު ކޮމިޓީގެ މުގައްރިރުކަމާއި ނައިބު މުގައްރިރުކަން ވެސް އަދާކުރެއްވީ މި ދެ ބޭފުޅުންނެވެ.

2027ވަނަ އަހަރަށް ލަފާކޮށް ސަރުކާރުން މަޖިލީހަށް ހުށަހަޅާފައި ވަނީ 59,704,440,795 ރުފިޔާގެ ބަޖެޓެކެވެ. މިއީ 2026ވަނަ އަހަރަށް ފާސްކުރި ބަޖެޓާ އަޅާބަލާއިރު 4.5 ބިލިއަން ރުފިޔާގެ ދަށްވުމެކެވެ. މި ބަޖެޓުގެ ޖުމްލަ ޚަރަދުގެ ގޮތުގައި 52.6 ބިލިއަން ރުފިޔާ ހިނގާނެ ކަމަށް ލަފާކޮށްފައިވާއިރު، އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާކުރަނީ 43.2 ބިލިއަން ރުފިޔާއެވެ.

ބަޖެޓުގެ ތަފުސީލަށް ބަލާއިރު، ހިންގުމުގެ ހަރަދަށް 42.7 ބިލިއަން ރުފިޔާ އަދި ކެޕިޓަލް ހަރަދަށް 9.9 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ. މީގެ ތެރެއިން ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ)ގެ ދަށުން ހިންގާ މަޝްރޫއުތަކަށް 8.2 ބިލިއަން ރުފިޔާ ހާއްސަކޮށްފައިވެއެވެ. ބަޖެޓު ބަހުސްގެ މަރުހަލާގައި ކޮންމެ މެންބަރަކަށް ވާހަކަދެއްކެވުމަށް 15 މިނެޓުގެ ފުރުސަތެއް ދިނުމަށް ވެސް މަޖިލީހުގެ އާންމު ކޮމިޓީން ވަނީ ނިންމާފައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް