ޚަބަރު ސިޔާސީ

އާޒިމާ ހޮވައިދީފިނަމަ ވިލިމާލެ ރައްޔިތުން ބޭނުންވާ ހުރިހާ ކަމެއް ހަމަޖެހޭނެ: ރައީސް މުޢިއްޒު

ރައުފާ ރަޝީދު ، ދެން އޮންލައިން

ހުސްވެފައިވާ މާލެ ސިޓީ މޭޔަރުގެ މަގާމަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ އާއިޝަތު އާޒިމާ ޝަކޫރު ހޮވައިދީފިނަމަ ވިލިމާލެ ރައްޔިތުން ބޭނުންވާ ހުރިހާ ކަމެއް ހަމަޖެހޭނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ads by MWSC

ރައީސް މުއިއްޒު މިފަދައިން ވިދާޅުވީ އާޒިމާގެ ކެމްޕެއިނަށް މިއަދު ވިލިމާލެއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.

މުއިއްޒު ވިދާޅުވީ ސަރުކާރުގެ ހުރިހާ އެއްބާރުލުމެއް ވިލިމާލެ ރައްޔިތުން ބޭނުންވާ ހުރިހާ ކަމަކަށް ލިބޭ ހިސާބުގައި އޮއްވާ ސަރުކާރު ފިކުރު ނޫން މޭޔަރަކު ހޮވައިފިނަމަ މޭޔަރު ކިތަންމެ ކަމެއް ކޮށްދޭން ބޭނުންވިޔަސް އެ މޭޔަރަކު ނިސްބަތްވާ ޕާޓީއިން ކަންތައްތައް ކުރާނެ ގޮތެއް ނޭނގޭނެ ކަމަށެވެ.

"ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ރައްޔިތުންނަށް ލިބޭ ހިސާބުގައި އޮއްވައި މޭޔަރަކަށް އަޅުގަނޑުމެންގެ ފިކުރުގައި ނެތް އެހެން ޕާޓީއެއްގެ މޭޔަރަކު ހޮވައިފިއްޔާ އަދި މޭޔަރު ކިތަންމެ ކަމެއް ކޮށްދޭން ބޭނުން ވިޔަސް އެ ބޭފުޅަކު އެ ނިސްބަތްވާ ޕާޓީން ކަންކަން ކުރާނެ ގޮތެއް ނޭނގޭނެ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މަޖިލީހުގެ ތެރޭގައި ކަންތައްތައް ހިނގަމުންދާ ގޮތް މިހާރު ފެންނަމުންދާ ކަމަށާއި އެ ރިސްކު ނުނެގުމަށް އިލްތިމާސްކުރާ ކަމަށެވެ. އާޒިމާ ހޮވައިދީފިނަމަ ފަސޭހަކަމާއެކު ރައްޔިތުން އެދޭ ގޮތަށް ހުރިހާ ކަމެއް ތަރުތީބުވެ، ވިލިމާލޭގައި ކުރަން ހުރި ހުރިހާ ކަމެއް ހަމަޖެހިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު މޭޔަރު ކަމުގައި ހުންނަވައިގެން ވިލިމާލެއަށް ކުރަން ބޭނުންވި ގިނަ ކަންތައްތައް ސަރުކާރުގެ އެއްބާރުލުން ނުލިބިގެން ނުކުރެވުނު ކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެފަދަ ހުރިހާ ކަމެއް ގުޅިފައި އޮތީ ކައުންސިލާ ކަމަށާއި ކަންތައްތައް ކުރަން ބޭނުންވަނީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކަމަށެވެ.

  1. ޒޭފްރީ

    ކޮންމެހެން އާޒިމާ ހޮވާކަށް ނުޖެހެ. އެނޫން މީހަކު ހޮވުނަސް ސަރުކާރަށް ފުރިހަމަ އެއްބާރުލުން ދޭންވީ. އޭރުން ތި ވިދާޅުވާ ކަންތައް ހަމަ ކުރެވޭނެ.

  2. ޖުލައި

    ވަކި މީހަކު ނުހޮވުނަސް ރައީސުލްޖުމްހޫރިއްޔާގެ ޒިންމާއެއް ރައްޔިތުންނަށް ޚިދުމަތްކޮށް ދެއްވުުމަކީ

  3. ދަރަނިބޯ

    ދަރަނިބޯ ދަރަނިބޯ ދަރަނިބޯ ދަރަނިބޯ ދަރަނިބޯ ދަރަނިބޯ ދަރަނިބޯ ދަރަނިބޯ ދަރަނިބޯ ދަރަނިބޯ ދަރަނިބޯ ދަރަނިބޯ ދަރަނިބޯ ދަރަނިބޯ ދަރަނިބޯ ދަރަނިބޯ ދަރަނިބޯ ދަރަނިބޯ ދަރަނިބޯ ދަރަނިބޯ ދަރަނިބޯ ދަރަނިބޯ ދަރަނިބޯ ދަރަނިބޯ ދަރަނިބޯ ދަރަނިބޯ ދަރަނިބޯ ދަރަނިބޯ

  4. ނުދޭތި

    އައިޝަތު ޝިހާމް އެއީ ހީވާގި އަންހެން ބޭކަނބަލެއް އަދި ސަރުކާރުގެ ފައިސާ ވަގަށް ނުނަގާނެ މަމެން އިތުބާރު ކުރަން އެކަމަކު އައިޝަތު ޝިހާމް އަށް ދޭންވީ ތައްލީމީ ވަޒީރު ކަން މިހާރު ތައްލީމީ ވަޒީރު ކަން ދީފައި އެހެރީ އަލަށް މަހަށްދާ މީހެކޭ މިހާރުގެ މީހުން ޕީއެޗްޑީ ނަގާގޮތް މަމެން ވަރަށް ރަނގަޅަށް ދަންނަމޭ ބަލަން ތިބެއްޗޭ ތައްލީމީ ވުޒާރާ ބޮއްސުން ލައިގެންދާނެއޭ އައިޝަތު ޝިހާމަށް ތައްލީމީ ވަޒީރު ކަންދީ މިހާރު ހުރި ތައްލީމީ ވަޒީރަށް ރުހުންނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި