ސިނަމާލެ ބްރިޖްގެ ޢަމަލީ މަސައްކަތްކުރި ޗައިނާ ކޮމިޔުނިކޭޝަންސް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީސީސީސީ) ގެ އިސްވެރީން މިއަދު ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މި ޒިޔާރަތުގައި ދެކެވުނު ވާހަކައިގެ ތަފްޞީލެއް އަދި ރައީސް އޮފީހުން ހާމަ ނުކުރައްވައެވެ.
ވެރިރަށް މާލެ އާއި ހުޅުލެ ގުޅުވައިލައި ބްރިޖު އެޅި ސީސީސީސީގެ ސީނިއަރ ބޭފުޅުންނާއި ރައީސް މުޢިއްޒު ބައްދަލު ކުރައްވައިފައި މި ވަނީ އެ ޤައުމަށް ކުރައްވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިންނެވެ.
ރައީސްގެ ދެކަނބަލުން ޗައިނާއަށް ވަޑައިގަތުމުން އެ ގައުމުގެ ސަރުކާރުގެ އިސް ބޭފުޅުން ވަނީ ދެކަނބަލުންނަށް އެއާޕޯޓުން މަރުހަބާ ވިދާޅުވެފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ފުރަމާނަ ދަތުރުފުޅުގައި ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު ރަސްމީ ވާހަކަފުޅުތައް ބޭއްވުމަށް ހަމަޖެހިފައިވެއެވެ. އަދި ދެ ޤައުމުގެ ދެމެދު އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ މުހިންމު އެއްބަސްވުން ބަދަލުކުރުމަށްވެސް ހަމަޖެހިފައިވެއެވެ.
އެގޮތުން ވިޔަފާރީގެ ގުޅުންތައް ބަދަހިކުރުމާއި، ފަންނީ ދާއިރާތަކުން މީހުން ބިނާކުރުމާއި، އިޖުތިމާއީ، އިޤުތިޞާދީ އަދި ޓެކްނޮލޮޖީގެ އިތުރުންވެސް އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުން ހިމެނެއެވެ.
މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޗައިނާގެ ބައެއް ވިޔަފާރިވެރިންނާ ބައްދަލުކުރައްވައި ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އިޖުތިމާއީ އަދި އިޤުތިޞާދީ ގުޅުން ބަދަހި ކުރުމަށް މަޝްވަރާ ކުރެއްވުމަށްވެސް ހަމަޖެހިފައިވެއެވެ.
އިންޑިއާމޯދީ އަކީ ކަނޑުކޮހެކޭ އޭނާ ބުނާ ގޮތަށް ދިވެހި ސަރުކާރުން ވަކިން ޚާއްސަ ކޮށް ޕީޕީއެމް ޕީއެންސީ ވެރިކަމެއްގައި ނުޖެހޭނެ ވަކިކުރަން މޯދީ މަހަށްދޭބަލަ އަކްޝޭ ކުމާރު ފުރަތަމަ އެޅާ އެއީ އިންޑިއާ މީހެއް ނޫނޭ އެޅާ އެއީ ކެނެޑާ ރައްޔިތެކޭ އޭނާ މަހަށްދޭބަލަ ބޮލީވުޑް ވެސް މަހަށްދޭބަލަ މޯދީ އައުޓް އިންޑިއާ އައުޓް މޯދީ އަކީ އާރުކޭ އެކޭ މީދީ އައުޓް އިންޑިއާ އައުޓް
ޗައިނާ ޒިންދާބާދު އިންޑިއާ ސިފައިން ބޭރުކުރޭ ޗައިނާ ޒިންދާބާދު އިންޑިއާ ސިފައިން ބޭރުކުރޭ ޗައިނާ ޒިންދާބާދު އިންޑިއާ ސިފައިން ބޭރުކުރޭ ޗައިނާ ޒިންދާބާދު އިންޑިއާ ސިފައިން ބޭރުކުރޭ ޗައިނާ ޒިންދާބާދު އިންޑިއާ ސިފައިން ބޭރުކުރޭ
ޗައިނާ އާއި އެކު ކުރިއަށްދެވޭނީ ރައީސް ޔާންޓޭ ދޫކޮށްގެން ޗައިނާ އަށް މުއިއްޒު ދަތުރު ކުރުމުން އެމެރިކާ އަދި އިޒްރޭލު އަދި އިންޑިއާ މޭކަރާނެއޭ އެކަމަކު ޗައިނީސް ސްޓައިލް ދަންނާނީ ހަމައެކަނި ރައީސް ޔާންޓޭ މުއިއްޒު އެކަތަ ވެރިކަމެއް ކުރާން ބޭނުންނަމަ ރައީސް ޔާންޓޭ އަފްއާމެއްގެ ދަށުން ދޫކޮށްލަންވީއޭ އެނޫންނަމަ ގޯސްވާނެއޭ އެއިރުން ޗައިނާ ފަތުރުވެރިން އައިސް ފުރާލާނެއޭ އަދުރޭ ބުނާގޮތަށް ގައުމު ނުހިންގާށޭ ގޯސްވާނެއޭ އެއީ ބޮޑު ކަނޑުކޮހެކޭ އަދުރޭ އައުޓް