Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
އިޖުތިމާޢީ

ހައްގު ނޫން މުއްސަނދިކަން ހުއްޓުވުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި

ހައްގު ނޫން މުއްސަނދިކަން ހުއްޓުވުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
ނުހައްގު މުއްސަނދިކަން ހުއްޓުވުމާ ގުޅޭ ގޮތުން، ގުޅިގެން ކުރެވިދާނެ އެކި މަސައްކަތްތަކާ ގުޅޭ ގޮތުން އާ ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއުއާ، ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މަޝްވަރާ ކުރައްވައިފިއެވެ.
އެ ބައްދަލުކުރެއްވުމުގައި، ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނެރަލް މަހްމޫދު ސަލީމާއި ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނެރަލް އަލީ ސަމީރާއި، ދެއިދާރާގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ޕީޖީ އޮފީހުން ބުނީ، އެ ބައްދަލުވުމުގައި ޖިނާއީ އަދުލުގެ ނިޒާމު ހަރުދަނާ ކުރުމަށް ދެ އިދާރާއިން ގުޅިގެން ކުރާން ހުރި ކަންކަމާބެހޭ ގޮތުން ފުޅާކޮށް މަޝްވަރާ ކުރެވުނު ކަމަށެވެ. އެގޮތުން ކުށްކުރާ މީހުން، ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ އާއި ހައްގު ނޫން މުއްސަނދިކަން ހުއްޓުވުމަށް އަޅާނެ ފިޔަވަޅުތަކާ ބެހޭ ގޮތުން ވަނީ މަޝްވަރާކޮށްފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް