އަލިފާންގަނޑު ފެތުރުން ކޮންޓްރޯލް ކޮށްފި، މީހަކަށް ގެއްލުމެއް ނުވޭ!

ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި)ގެ ރާއްޖޭގެ އޮފީހާ އިންވެގެން ހުންނަ އިމާރާތެއްގައި ރޯވި އަލިފާންގަނޑު ފެތުރުން ކޮންޓްރޯލް ކުރެވިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
ރެސްޓޯރަންޓެއް ހިންގަމުން އަންނަ އެ އިމާރާތުގައި ރޯވި އަލިފާނުގެ ސަބަބުން އެ އިމާރާތުގެ ގިނަ ފަންގިފިލާތައް މިހާރު ވަނީ އަނދާ ހުލިވެފަ އެވެ. އަލިފާން ނިންވުމަށް އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއުއިން އަންނަނީ މިހާރު ހަރަކާތްތެރިވަމުންނެވެ.
އެމްއެންޑީއެފުން ބުނީ އަލިފާންގަނޑު ފެތުރުން ކޮންޓްރޯލް ކުރެވިއްޖެ ކަމަށާއި އެއްވެސް މީހަކަށް އަނިޔާވި ކަމުގެ ރިޕޯޓެއް މިހާތަނަށް ލިބިފައި ނުވާ ކަމަށެވެ.
އަލިފާންގަނޑު ނިއްވާލުމުގެ މަސައްކަތް އެމްއެމްޑީއެފުން ދަނީ ކުރަމުންނެވެ. އެ އިމާރާތުގައި ވަނީ ވަރަށް ބޮޑަށް އަލިފާން ރޯވެފައެވެ. އަލިފާން ރޯވި އިމާރާތް ކައިރީގައި ހުރި އިމާރާތްތަކުން މީހުން ހުސްކުރުމުގެ މަސައްކަތް އެމްއެންޑީއެފުން ދަނީ ކުރަމުންނެވެ. މިހާތަނަށް އެއްވެސް މީހަކަށް އަނިޔާވިކަމުގެ މަޢުލޫމާތު އަދި ލިބިފައެއް ނުވެއެވެ.