Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ސިޔާސީ

ވަޒީރުންނަށް ރުހުން ދިނުމުގެ މަސައްކަތް ނުކުރެވި އޮތުމަކީ ވެރިކަން ކުރަން ނޭނގޭ ކަމުގެ އަލިގަދަ ދަލީލެއް: މަލީހް

ވަޒީރުންނަށް ރުހުން ދިނުމުގެ މަސައްކަތް ނުކުރެވި އޮތުމަކީ ވެރިކަން ކުރަން ނޭނގޭ ކަމުގެ އަލިގަދަ ދަލީލެއް: މަލީހް
ވަޒީރުންނަށް ރުހުން ދިނުމުގެ މަސައްކަތް ނުކުރެވި އޮތުމަކީ ވެރިކަން ކުރަން ނޭނގޭ ކަމުގެ އަލިގަދަ ދަލީލެއް ކަމަށް ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ވިދާޅުވެއްޖެއެވެ. އެކްސްގައި މަލީހް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ވެރިކަމަށް ދެ މަސް ވެގެން ދާއިރު ވެސް ވަޒީރުންގެ މަޖިލިހަށް ރުހުން ހޯދުމުގެ ހުނަރު ސަރުކާރަށް ދަސްވެފައި ނެތުމަކީ ވެރިކަން ކުރަން ނޭގޭ ކަމުގެ އަލިގަދަ ދަލީލެއް ކަމަށެވެ.
“ރުހުން ނެތް ވަޒީރުންގެ މަޖިލިހުގެ ލަފަޔާއި މަޝްވަރާގައި ޤައުމު ހިންގުމަކީ ޑިމޮކްރަސީއާއި ބީރަށްޓެހި ސިފައެއް” މަލީހް ވިދާޅުވިއެވެ.
މަލީހް މިފަދައިން ވިދާޅުވެފައިވާއިރު މަޖިލީހުގެ މިއަހަރުގެ ފުރަަތަމަ ދައުުރުގައި އެންމެ މުހިއްމު މަސައްކަތަކަށް އޮންނަނީ ވަޒީރުންނަށް ރުހުންދިނުމުގެ މަސައްކަތެވެ. ވަޒީރުންނަށް ރުހުން ނުދީ ފަހު ދައުރު ނިންމާލުމާއި ގުޅިގެން ބައެއް މެންބަރުންނާއި ރައްޔިތުންގެ ވެސް ފާޑުކިޔުން މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީއަށް ވަނީ އަމާޒުވެފައެވެ.  

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް