Thursday, 5 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ބޮއިކަޓް ކުރިޔަސް އިންޑިއާއިން އަންނަ ފަތުރުވެރިންގެ އަދަދު މަދެއް ނުވޭ

ބޮއިކަޓް ކުރިޔަސް އިންޑިއާއިން އަންނަ ފަތުރުވެރިންގެ އަދަދު މަދެއް ނުވޭ

އިންޑިއާއިން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު މަދު ނުވާކަމަށް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން ބުނެފިއެވެ.

މަޓާޓޯއިން މިހެން ބުނެފައި މިވަނީ ރާއްޖެއަށް އިންޑިއާއިން އަންނަ ފަތުރުވެރިންގެ އަދަދު މަދުވަމުންދާކަމަށް ބުނެ ބައެއް ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކާއި ގުޅިގެނެވެ.

މަޓާޓޯއިން ބުނީ އިންޑިއާއިން ރާއްޖެ އަންނަ ފަތުރުވެރިން ބުކިން ކެންސަލްކުރާ މިންވަރު އިތުރުވާކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާތީ އެކަން ބެލުމަށްޓަކައި ދިރާސާއެއް ކުރިއަށް ގެންދިޔަކަމަށެވެ.

Advertisement
Ooredoo — Square (box)

މިމަހުގެ 8 ވަނަ ދުވަހުން ފެށިގެން ކުރިއަށްގެންދިޔަ އެ ދިރާސާގައި ވަނީ ހޮޓެލްތަކާއި، ރިސޯޓުތަކާއި ގެސްޓުހައުސްތަކުގެ އިތުރުން ސަފާރީތަކުގެ ބުކިންތައް ބަލާފައެވެ. އެގޮތުން އެޖެންޓުނާއި ސަޕްލަޔަރުންނަށް ގޫގަލް ފޯމާއި، ފޯނުކޯލްތައް މެދުވެރިކޮށް ވަނީ މައުލޫމާތު ހޯދާފައެވެ.

ދިރާސާގެ މައްޗަށް ބިނާކޮށް މަޓާޓޯއިން ބުނީ ބުކިންތައް ކެންސަލްވެފައިވަނީ ވަރަށް މަދުންކަމަށެވެ. އަދި މިދިޔަ އަހަރުވެސް ޖެނުއަރީމަހު ރާއްޖެއަށް ފަތުރުވެރިން އައިސްފައިވާ މިންވަރާ އަޅާ ބަލާއިރު، މިއަހަރުގެވެސް ޖެނުއަރީމަހު ބޮޑު ތަފާތެއް ނާންނާނެކަމަށް މަޓާޓޯއިން ލަފާކުރެއެވެ.

2019 ވަނަ އަހަރުން ފެށިގެން ރާއްޖެ އަށް އިންޑިއާ އިން ފަތުރުވެރިން ޒިޔާރަތްކުރާ މިންވަރު، އިތުރުވަމުން އައިސް، 2020ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރަށް އިންޑިއާއަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ޤައުމުތަކުގެތެރޭގައި ހިމެނޭ ޤައުމެކެވެ. އެގޮތުން އެގައުމުން 2020 ވަނަ އަހަރު 62،690 ފަތުރުވެރިން ޒިޔާރަތްކުރިއިރު 2021 ވަނަ އަހަރު 291،787 ފަތުރުވެރިން ޒިޔާރަތްކުރިއެވެ. މި އަދަދު މި ފާއިތުވީ 2 އަހަރުވެސް ވަނީ ދަށްވެފައެެވެ. އެގޮތުން 2022 ވަނަ އަހަރު އިންޑިއާއިން 241،361 ފަތުރުވެރިން އައިސްފައިވާއިރު، މި ނިމުނު 2023 ވަނަ އަހަރު އިންޑިއާއިން އައިސްފައިވަނީ 209،100 ފަތުރުވެރިންނެވެ.

މިދިޔަ އަހަރު ނިމުނު އިރު ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރާ މަންޒިލަށް އިންޑިއާވެފައިވަނީ ދެވަނައިގައި އޮތް ރަޝިއާއާއި އެންމެ 52 ފަތުރުުވެރިންގެ ތަފާތަކުންނެވެ.2019 ވަނަ އަހަރުން ފެށިގެން ރާއްޖެ އަށް އިންޑިއާ އިން ފަތުރުވެރިން ޒިޔާރަތްކުރާ މިންވަރު، އިތުރުވަމުން އައިސް، 2020ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރަށް އިންޑިއާއަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ޤައުމުތަކުގެތެރޭގައި ހިމެނޭ ޤައުމެކެވެ. އެގޮތުން އެގައުމުން 2020 ވަނަ އަހަރު 62،690 ފަތުރުވެރިން ޒިޔާރަތްކުރިއިރު 2021 ވަނަ އަހަރު 291،787 ފަތުރުވެރިން ޒިޔާރަތްކުރިއެވެ. މި އަދަދު މި ފާއިތުވީ 2 އަހަރުވެސް ވަނީ ދަށްވެފައެެވެ. އެގޮތުން 2022 ވަނަ އަހަރު އިންޑިއާއިން 241،361 ފަތުރުވެރިން އައިސްފައިވާއިރު، މި ނިމުނު 2023 ވަނަ އަހަރު އިންޑިއާއިން އައިސްފައިވަނީ 209،100 ފަތުރުވެރިންނެވެ.

މިދިޔަ އަހަރު ނިމުނު އިރު ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރާ މަންޒިލަށް އިންޑިއާވެފައިވަނީ ދެވަނައިގައި އޮތް ރަޝިއާއާއި އެންމެ 52 ފަތުރުުވެރިންގެ ތަފާތަކުންނެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް