ރަމަޟާންމަހަށް ތައްޔާރުވުމުގެ ގޮތުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ވަގުތީ މިސްކިތެއް ބިނާ ކުރަނީ

ރަމަޟާންމަހަށް ތައްޔާރުވުމުގެ ގޮތުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ވަގުތީ މިސްކިތެއް ބިނާ ކުރުމުގެ މަސައްކަތް ފަށައިފިއެވެ.
މިކަން ހާމަކޮށް މި މިސްކިތުގެ މަސައްކަތް ކުރަމުން އަންނަ ފަރާތް ކަމަށްވާ އެޗްޑީސީން މިއަދު ބުނީ ރޯދަމަހާއި ދިމާކޮށް ހުޅުމާލޭގައި ހަދާ ވަގުތީ މިސްކިތަކީ 150 މީހުންގެ ޖާގައިގެ މިސްކިތެއް ކަމަށެވެ. މިއީ އަންހެނުންނާއި ފިރިހެނުންނަށް ވެސް ނަމާދު ކުރެވޭނެހެން ދެބައި ވަކިކޮށް ހަދަމުން އަންނަ މިސްކިތެކެވެ.މި މިސްކިތަކީ، ހުޅުމާލެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ އާބާދީ އިތުރުވުމާއި ގުޅިގެން، އެ ސަރަޙައްދުގެ ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށް ލުޔެއް ގެނެސްދިނުމަށް ހަދަމުންދާ މިސްކިތެއްކަމަށް އެޗްޑީސީން ބުނެފައި ވެއެވެ.
ވަގުތީ މިސްކިތް ހަދަނީ ހިޔާ ސަރަޙައްދުގައި ކުޑަކުދިންގެ ޕާކު ހަދާފައިވާ ސަރަޙައްދުގައި އޮތް ހުސްބިމެއްގައި ކަމަށް އެޗްޑީސީން ބުނެފައި ވެއެވެ.އެޗްޑީސީން ބުނީ އެ ކުންފުނިން މަސައްކަތް ކުރަމުން އަންނަނީ ރޯދައިގެ ކުރިން އެ މިސްކިތުގެ މަސައްކަތް ނިންމާލުމަށްފަހު، ހުޅުވުމަށް ކަމަށެވެ.






ކޮމެންޓް