ސީޒަން، ސްރީ ލަންކާގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަންގެ ސިޔާސީ މަޤާމަކަށް އައްޔަނުކޮށްފި

މަޝްހޫރު ފިލްމީ ތަރި އަލީ ސީޒަން ސްރީލަންކާގައި ހުންނަ ދިވެހި ހައި ކޮމިޝަންގެ ވަޒީފާއަކަށް އައްޔަންކޮށްފިއެވެ.
އެނގިފައިވާ ގޮތުގައި ސީޒަން އައްޔަންކޮށްފައި ވަނީ ފަސްޓް ސެކްރެޓަރީގެ މަޤާމަށެވެ.
ސީޒަން ވަނީ މީގެ ކުރިން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ތުލުސްދޫ ދާއިރާއަށް ވާދަކުރައްވާނެ ކަން ހާމަކުރުމަށްފަހު ނަން އަނބުރާ ގެންގޮސްފައެވެ.
ސީޒަން އަކީ ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ރިޔާސީ ކެމްޕޭނުގައި ވަރަށް އިސްކޮށް ހަރަކާތްތެރިވި ފަރާތެކެވެ.