ޚަބަރު ސަރުކާރު ސިޔާސީ

އައިޑީ ކާޑުގެ މަޢުލޫމާތު ބަދަލުވެފައިވާނަމަ އާދީއްތަ ދުވަހުގެ ކުރިން ހުށަހަޅަން އެދިއްޖެ

ޙައްވާ އިނާޝާ ، ދެން އޮންލައިން
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ވޯޓާސް ލިސްޓް ފައިނަލް ކުރުމަށްޓަކައި 18 އަހަރުން މަތީ މީހުންގެ މައުލޫމާތު ބަދަލުވެފައިވާނަމަ އަންނަ އާދިއްތަ ދުވަހުގެ ކުރިން އައިޑީ ކާޑު ހެދުމަށް ހުށަހެޅުމަށް ޑިޕާޓްމަންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް) އިން އެދިއްޖެއެވެ.

ޑީއެންއާރުން ކުރި އިއުލާނެއްގައި ބުނީ 18 އަހަރުން މަތީ މީހުންގެ އައިޑީކާޑުގައި ހިމެނޭ މައުލޫމާތު ބަދަލުވެފައިވާނަމަ އަންނަ އާދީއްތަ ދުވަހުގެ މެންދުރުފަހު 3:00ގެ ކުރިން އައިޑީ ކާޑު ހެދުމަށް ހުށަހަޅަންޖެހޭނެ ކަމަށެވެ.ހަމަ އެހެންމެ އަންނަ ހޯމަ ދުވަހުން ފެށިގެން 18 އަހަރުން މަތީ މީހުންނަށް މައުލޫމާތު ބަދަލުވެގެން އައިޑީ ކާޑު ހަދައި ދެވޭނީ، އެ މީހުންނަށް ކުރިއަށް އޮތް ރައްޔިތުން މަޖިލިސް އިންތިހާބުގައި ވޯޓު ނުލެވެވުނު ނަމަވެސް އެ މީހުންގެ އިއުތިރާޒެއް ނެތް ކަމަށްވާނަމަ ކަމަށް ޑީއެންއާރުން ބުނެފައި ވެއެވެ.

Ads by MWSC

މީގެ އިތުރުން މަޖިލިސް އިންތިހާބަށް ފަހު ކުރިއެކޭވެސް އެއްގޮތަށް 18 އަހަރުން މަތީ މީހުންގެ މައުލޫމާތު ބަދަލުކޮށް އައިޑީ ކާޑު ހަދައިދެމުން ދާނެ ކަމަށް ޑީއެންއާރުން ބުނެފައި ވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!