ޚަބަރު

އޭސީސީން މައްސަލަ ނިންމާތާ ތިން ދުވަސްތެރޭގައި ފްލެޓު އެގްރީމެންޓުގައި ސޮއިކުރާނަން: އެފްޑީސީ

އައިކާ ޔުނާން ، ދެން އޮންލައިން

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރަން ފަށާފައިވާ 4،000 ފްލެޓު ލިބޭ މީހުންގެ ލިސްޓާ ގުޅިގެން އެންޓިކޮރަޕްޝަން ކޮމިޝަނުން ބަލަމުން އަންނަ މައްސަލަ ނިމޭތާ ތިން ދުވަސް ތެރޭގައި ފްލެޓު އެއްބަސްވުމުގައި ސޮއިކުރާނެ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން މިއަދު ބުނެފިއެވެ.

Ads by Sosun Fihaara

އެފްޑީސީން މިއަދު ސޯޝަލް މީޑިއާގައި އާންމުކުރި ކުރު ވީޑިއޯއެއްގައި ބުނީ ފްލެޓްގެ އެގްރިމެންޓުތައް ޕްރިންޓުކޮށް ނިންމާފައިވާ ކަމަށާއި ލިސްޓުގެ ކަންކަން ނިމޭތާ ތިން ދުވަހުގެ ތެރޭގައި ސޮއިކުރަން ފެށޭނެ ކަމަށެވެ.

އަދި އެ މަޝްރޫއާ ގުޅޭ އިތުރު ތަފްސީލް ކުރިއަށް އޮތް ތަނުގައި ހާމަކުރާނެ ކަމަށް ބުނެފައިވެއެވެ.

ބުނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްގީކުރަމުންދާ 4000 ހައުސިން ޔުނިޓްގެ މަސައްކަތް ކުރިއަށް ދަނީ ހަމަޖެހިފައިވާ ޝެޑިއުލްއާ އެއްގޮތަށް ކަމަށް އެފްޑީސީން މީގެ ކުރިން ބުނެފައިވެ އެވެ.

އެ ޔުނިޓުތައް ވީއެންމެ އަވަސް މުއްދަތެއްގެ ތެރޭގައި ޔުނިޓުތަކުގެ ހައްގުވެރިންނާ ހަވާލުކުރުމަކީ އެކުންފުނިން އެންމެ އިސްކަމެއްދީގެން ކުރަމުންދާ މަސައްކަތް ކަމަށް ވެސް ބުންޏެވެ.

އެގޮތުން ބައެއް ޓަވަރުތަކުގެ މަސައްކަތް ޝެޑިއުލަށްވުރެ އަވަސް މުއްދަތެއްގެ ތެރޭގައި ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ މަސައްކަތްވެސް އެ ކޯޕަރޭޝަނުން ކުރަމުން އަންނަ ކަމަށް އެފްޑީސީން ބުނެފައިވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!