ދުނިޔެ

މި ޕްލެނެޓުގައި އިންސާނުން އާބާދު ކުރެވިދާނެ: ނާސާ

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

އަހަރެމެން އެންމެންނަކީ ވެސް އަހަރެމެންގެ މި ދުނިޔެ ދެކެ ވަރަށް ލޯބިވާ ބައެކެވެ. ހަމައެހެންމެ އެހެން ޕްލެނެޓެއްގައި ދިރިއުޅުން ނުވަތަ އެހެން ޕްލެނެޓަކަށް ގޮސްލުމަކީ ވެސް ބައެއް މީހުން ދެކޭ ހުވަފެނެކެވެ.

Ads by Sosun Fihaara

ދުނިޔެއާއި އެންމެ ކައިރީގައިވާ ޕްލެނެޓަކީ މާރސް އެވެ. މާރސް އަކީ ވެސް ދުނިޔެއާއި ހަގީގަތުގައި ވަރަށް ދުރު ޕްލެނެޓެކެވެ. މި ޕްލެނެޓުގައި ވެސް އިންސާނުން އާބާދު ކުރެވޭތޯ ޖައްވީ މާހިރުން މަސައްކަތް ކުރި ނަމަވެސް އެ މަަސައްކަތް ވަނީ ނާކާމިޔާބު ވެފައެވެ. އެ ޕްނެލެޓުގައި އިންސާނުންނަށް ދިރިއުޅެވޭނެ ގޮތެއް އަދި ފެނިފައެއް ނުވެއެވެ.

މާރސްގައި އިންސާނުންނަށް ދިރިއުޅެވޭނެ ގޮތް އަދި ފެނިފައި ނުވިކަމުގައި ވިޔަސް ނާސާއިން ވަނީ ޕްލެނެޓެއްގެ ފޮޓޯ މިއަދު ހިއްސާކޮށް އެ ޕްލެނެޓުގައި އިންސާނުން އާބާދު ކުރުމުގެ ފުރުސަތު އެބައޮތް ކަމުގައި ބުނެފައެވެ

.

މި ޕްލެނެޓްގެ ނަމަކީ ޕްރޮކްސިމާ ބީ އެވެ. މި ޕްލެނެޓް އެންމެ ފުރަތަމަ ދެނެގަނެވިފައި ވަނީ 2016 ވަނަ އަހަރުގައެވެ. މި ޕްލެނެޓުގެ ޓެމްޕަރޭޗަރ އަކީ ހަމަ ގާތްގަނޑަކަށް ދުނިޔެއާއި އެއްވަރު ޓެމްޕަރޭޗަރ އެއް ކަމުގައި ނާސާއިން ބުނެއެވެ.މިވަރުގެ ޓެމްޕަރޭޗަރ އެއް ހުރުމުގެ ސަބަބުން މި ޕްލެނެޓުން ފެން ވެސް ފެންނާނެ ކަމަށް ނާސާއިން ލަފާ ކުރެއެވެ.

ސުވާލަކީ މި ޕްލެނެޓަކީ އިންސާނުން އާބާދު ކުރެވޭ ޕްލެނެޓަކަށް ވެދާނެ ބާވައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!