Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
އިޖުތިމާޢީ

ހަށިވިއްކަމުން ދިޔަ ބިދޭސީ އަންހެނަކު މާލެއިން ހައްޔަރުކޮށްފި

ހަށިވިއްކަމުން ދިޔަ ބިދޭސީ އަންހެނަކު މާލެއިން ހައްޔަރުކޮށްފި

ހަށިވިއްކަމުން ދިޔަ ބިދޭސީ އަންހެނަކު މާލެއިން ހައްޔަރުކޮށްފިއެވެ.

މިކަން ހާމަކޮށް ފުލުހުން "ދެން އޮންލައިން" އަށް މަޢުލޫމާތު ދެމުން ބުނީ ހަށި ވިއްކާކަމަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން މި މަހުގެ 25 ވަނަ ދުވަހު މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ވިއެޓްނާމަށް ނިސްބަތްވާ އުމުރުން 34 އަހަރުގެ އަންހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ. އަދި އޭނާގެ ބަންދަށް އެ ކޯޓުން ވަނީ ފަސް ދުވަސް ޖަހައިދީފައި ކަމަށް ފުލުހުން ބުނެފައި ވެއެވެ.

Advertisement
Ooredoo — Truecaller (box)

މީގެ އިތުރުން ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

އެނގިފައިވާ ގޮތުގައި އަންހެން މީހާ ވަނީ ހަށިވިއްކާ ކަމަށް އިއުތިރާފް ވެފައެވެ. އަދި އޭނާގެ އަތުން ފައިސާ ފެނިފައިވާއިރު، އެއީ ހަށިވިއްކައިގެން ހޯދި ފައިސާ ކަަމަށް އޭނާ ވަނީ ބުނެފައެވެ.

މީގެ އިތުރުން މި މައްސަލައިގައި އޭނާ ހައްްޔަރު ކުރި ފަހުން 24 ގަޑިއިރުވާން ކައިރިވިއިރުވެސް ތަރުޖަމާނެއް ލިބިފަައެއް ނުވެއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް