Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
އިޖުތިމާޢީ

ފުލުހުންގެ ޚިދުމަތާމެދު އާންމު ރައްޔިތުންގެ ހިޔާލު ހޯދުމަށް ދިރާސާއެއް ފަށައިފި

ފުލުހުންގެ ޚިދުމަތާމެދު އާންމު ރައްޔިތުންގެ ހިޔާލު ހޯދުމަށް ދިރާސާއެއް ފަށައިފި

ދިވެހި ފުލުހުންގެ ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުކޮށް، މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރަންޖެހޭ ކަންކަމަކީ ކޮބައިތޯ ދެނެގަތުމަށްޓަކައި ދިރާސާއެއް ފަށައިފިއެވެ.

ފުލުހުންގެ ޚިދުމަތުން ބުނީ “ޕަބްލިކް ޕާސެޕްޝަން ސާރވޭ” ގެ ނަމުގައި އޮންލައިންކޮށް ކުރިއަށް ގެންދާ މި ދިރާސާ ސާރވޭއަކީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުކޮށް، މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރަންޖެހޭ ކަންކަމަކީ ކޮބައިތޯ ދެނެގަތުމަށް ކުރިއަށް ގެންދާ ދިރާސާއެއް ކަމަށެވެ.

އެގޮތުން މިއީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ކުރިއަށް އޮތް ފަސް އަހަރަށް އަމާޒުކޮށްގެން ތައްޔާރުކުރެވޭ ސްޓްރެޓެޖިކް ޕްލޭން ތައްޔާރު ކުރުމަށް ބޭނުންވާ މައުލޫމާތު ހޯދުމުގެ ގޮޮތުން ފުލުހުންގެ ސްޓްރެޓެޖީ ޕްލޭނިންގ އެންޑް ޑިވެލޮޕްމަންޓުން ކުރިއަށް ގެންދާ ދިރާސާއެއް ކަމަށް ފުލުހުން ބުނެފައި ވެއެވެ.

Advertisement
Allied — Dhen Online (box)

މި ސާވޭގައި މައިގަނޑު ހަ ބަޔަކަށް ބަހާލައިގެން ޖުމްލަ 37 ސުވާލު ހިމެނޭނެއެވެ.

ފުލުހުންގެ ޚިދުމަތުން ބުނީ މި ސާރވޭގެ ސުވާލުތައް ފަރުމާކޮށްފައި ވަނީ ވަޒަންކުރެވޭ ގޮތަށް ޕޮއިންޓްދޭ ގޮތަށް ކަމަށެވެ.

މީގެ އިތުރުން ފުލުހުންގެ ޚިދުމަތުން ބުނީ މި ދިރާސާގައި ބައިވެރިވެ ވަޑައިގަންނަވާ ފަރާތްތަކުގެ ހުށަހެޅުންތައް ބޭނުން ކުރުމަށް ހަމަޖެހިފައި ވަނީ ފުލުހުންގެ ޚިދުމަތުގެ ފެންވަރު އިތުރަށް ހަރުދަނާކޮށް މަސައްކަތްތައް ބައްޓަން ކުރުމަށް ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް