Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ސަރުކާރު

ހޯމް މިނިސްޓްރީއަށް ހުށަހަޅާ ޝަކުވާތައް ބަލަން ހާއްސަ ބިއުރޯއެއް އުފައްދަނީ

ހޯމް މިނިސްޓްރީއަށް ހުށަހަޅާ ޝަކުވާތައް ބަލަން ހާއްސަ ބިއުރޯއެއް އުފައްދަނީ

ހޯމް މިނިސްޓްރީއަށް އާންމު ރައްޔިތުން ހުށަހަޅާ ޝަކުވާތައް ބަލަން ޚާއްސަ ބިއުރޯއެއް އުފައްދަވަން ނިންމަފިއެވެ.

މިކަން ހާމަކުރައްވާ ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވީ ހޯމް ސެކްޓާ ތެރޭގައި ހުރި ބޮޑެތި އަދި ސިސްޓަމެޓިކް މައްސަލަތައް، އިންޓަމީޑިއޭޓް އަދި ދާއިމީ ގޮތެއްގައި ހައްލުކުރުމަށް މަސައްކަތް ކުރަމުން އަންނައިރު، ސިޓީތަކާއި ބައްދަލުވުންތައް އަދި ސޯޝަލް މީޑިއާގެ ޒަރީއާއިން ހުށަހަޅާ މުހިންމު މައްސަލަތައްވެސް ބައްލަވަމުން ގެންދަވާނެ ކަމަށެވެ.

އެހެން ކަމުން އާންމުންގެ ޝަކުވާތައް ބަލާނެ ބިއުރޯއެއް އުފެއްދުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް މިނިސްޓަރު އިހްސާން ވިދާޅުވިއެވެ.

Advertisement
Ooredoo — Square (box)

މިގޮތުން އެ ބިއުރޯ ވެގެންދާނީ އެ އިދާރާއިން ފޯރުކޮށްދޭ ޚިދުމަތްތަކާ ގުޅޭގޮތުން އާންމުންގެ ކަންބޮޑުވުންތައް ހޯދުމުގެ ސެންޓްރަލް ޕޮއިންޓަށް ކަމަށް މިނިސްޓަރު އިހްސާން ވިދާޅުވިއެވެ.

ހޯމް މިނިސްޓްރީއަށް އާންމުން ހުށަހަޅާ ޝަކުވާ ބެލުމަށް، ކޮމްޕްލެއިންޓްސް ބިއުރޯއެއް އުފައްދަން ނިންމާފައިވާ ކަން ހާމަކޮށްފައި ވާއިރު، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އެ މިނިސްޓްރީން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ އަމަލުތަކާ މެދު ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރި އާންމުރައްޔިތަކާއި މިނިސްޓަރު ވަނީ ބައްދަލުކުރައްވާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އުފައްދައިފައިވާ ޓާސްކްފޯސްގައި އޭނާ ހިމެނުމަށް ނިންމަވާފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް