ޚަބަރު ސިޔާސީ

ޢިލްމީ, ޤާބިލް 3 ވަޒީރަކަށް ރުހުން ނުދިނުމަކީ ޤަބޫލު ކުރެވޭނެ ކަމެއް ނޫން: ޤާސިމް

ޙައްވާ އިނާޝާ ، ދެން އޮންލައިން

ޢިލްމީ އަދި އެހާމެ ޤާބިލް 3 ވަޒީރަކަށް ރުހުން ނުދިނުމަކީ އެއްވެސް ހާލެއްގައި ޤަބޫލު ކުރެވޭނޭ ކަމެއް ނޫން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ޤާސިމް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ރުހުން ނުދޭން ފާސްކުރި ވަޒީރުންތަކެއް އަލުން ހަމަ އެ މަޤާމަށް އައްޔަނު ކުރުމަކީ ޤާނޫނުއަސާސީގެ ހުރުމަތް ކަނޑާލުން ކަމަށް އިދިކޮޅު ޑިމޮކްރެޓްސް އިން ބުނެފައިވާ ހަބަރު ހިއްސާކޮށެވެ.

އެގޮތުން ޤާސިމް ވިދާޅުވީ މަޖިލީހުން ރުހުން ނުދިން ތިން ވަޒީރުން އަލުން އެ މަޤާމް ތަކަށް ޢައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާ، އެ ވަޒީރުންގެ ވަޒީރު ކަމުގެ ހުވާކުރެއްވުން ރާއްޖޭގެ ސްޕްރީމް ކޯޓުން ކުރިއަށް ގެންދެވި ގެންދިއުމަކީ ޤާނޫނީ ހުކޫމަތު ދަމަހައްޓަވާ، ޢަދުލުއިންޞާފު ޤާއިމުކޮށްދެއްވާ، ދުސްތޫރީ ހަމަތައް ހިފަހައްޓަވައިދެއްވުމަށް ކުރެއްވެވި، ވަރަށް އަގުހުރި  މަސައްކަތެއް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ބާރުތަކާއި، ރައީސުލްޖުމްހޫރިއްޔާގެ ބާރުތައް ސާފުކޮށް ޤާނޫން އަސާސީގައި ލިޔެ، އެއްބާރުން އަނެއް ބާރަށް ފާރަވެރިވުން ލާޒިމް ކޮށްފައި ވަނީ ހެޔޮ ގޮތުގައި ދައުލަތް ހިންގުމުގެ ބޭނުމުގައި ކަމަށް ޤާސިމް ވަނީ ވިދާޅުވެފައެވެ.

ޤާސިމް ވިދާޅުވީ ވަޒީރުންގެ މަޖިލީހަށް ޢައްޔަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ހުރިހާ ނަންފުޅެއްވެސް ވަކިވަކިން މަޖިލީގެ ކަމާގުޅުން ހުރި ކޮމެޓީން ދިރާސާ ކޮށް އެއިން އެއްވެސް ވަޒީރެއްގެ ޝަރުތެއް އުނިވެފައި ނުވާކަމަށް ނިންމާ ހުރިހާ ވަޒީރުންނަށްވެސް ރުހުން ދޭންޖެހޭ ކަމަށް ކޮމެޓީގެ އިއްތިފާގުން ނިންމުމަށްފަހު، މަޖިލީހުގެ ތަޅުމުން ވޯޓަށް އެހުމުން 2 ވަޒީރުންނާއި ބަންޑާރަނައިބަށް އިތުބާރު ނެތްކަމަށް ނިންމުމަށް ޤާނޫނު އަސާސީގެ 75 ވަނަ މާއްދާއާއި ޚިލާފަށް އެމް.ޑީ.ޕީގެ ޕާލިމެންޓް ގުރޫޕުން 3 ލައިން ވިޕް ކުއްލިއަކަށް އަޅައި، ނުހަނު ޢިލްމީ އަދި އެހާމެ ޤާބިލް 3 ވަޒީރަކަށް ރުހުން ނުދިނުމަކީ އެއްވެސް ހާލެއްގައި ޤަބޫލު ކުރެވޭނޭ ކަމެއް ނޫން ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ މިވަގުތު އެމް.ޑީ.ޕީގައި އޮތުމުން އެ ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި، ޤާނޫނު އަސާސީގެ ރޫހާއި، މަޖިލީހުގެ ޤަވާއިދުގެ އިމުން ބޭރުން، އަމިއްލަ އެދުން އިސްކޮށް، ސިޔާސީ ޖަޒުބާތުގައި ކުރާ މި ބާވަތުގެ ކަންކަމުގެ ނަތީޖާ ވެގެންދަނީ ދިވެހި ރައްޔިތުންނަށް ލިބިގެންދާ ދެރަ އަކަށް ކަމަށް ޤާސިމް ވަނީ ވިދާޅުވެފައެވެ.

މިގޮތުން އެއީ މުޅި ޤައުމަށާއި ރައްޔިތުންނަށް ލިބިގެންދާނޭ ނުހަނު ބޮޑު ހިތާމައަކާއި ނުހަނު ބޮޑު ނިކަމެތި ކަމެއް ކަމެއް ކަމަށާއި މިއީ މުސްތަޤްބަލުގައި ޤައުމާއި ރައްޔިތުންނަށް ލިބެން އޮންނަ ހަމަ ޖެހުމާއި ، އުފާފާގަތިކަމަށް އެޅޭ ބޮޑު ހުރަހެއް ކަމުގައި ޤާސިމް ވަނީ ވިދާޅުވެފައެވެ.

އަދި މިފަދަ ކަންތައްތަކުގެ ސަބަބުން މުޅި ޤައުމު ފަސާދަ ވުމަށް މަގުފަހިވެ، ޤައުމުގެ ކުރިއެރުން ހުއްޓިދާ ކަމަށް ޤާސިމް ވަނީ ވިދާޅުވެފައެވެ.

އެހެން ކަމުން ޤާސިމްގެ ފުރިހަމަ ތާއީދާއި އެއްބާރުލުން ރައީސުލް ޖުމްހޫރިއްޔާ އަށާއި، ރާއްޖޭގެ ސްޕްރީމްކޯޓުގެ ފަނޑިޔާރުންނަށް އޮތް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ޤާސިމް ވިދާޅުވީ ސްޕްރީމް ކޯޓުގެ ނިންމެވުމާއި އެއްގޮތަށް ފަނޑިޔާރު ހުސްނުއްސުޢޫދު އެ ތިން ވަޒީރުންނަށް އަލުން ހުވައިލައިދެއްވުމަކީ، ޤާނޫން އަސާސީ ނަގަހައްޓާ ދެމެހެއްޓުމަށް ޓަކައި ސްޕްރީމް ކޯޓުގެ ފަނޑިޔާރުން އެޅުއްވި ހަރުދަނާ ފިޔަވަޅެއްކަމަށް ޤާސިމް ވަނީ ވިދާޅުވެފައެވެ.

Ads by HDC
  1. ވޯޓް ނެގި ދުވަހު އިންޑިއަން ހައިކޮމިޝަނުން އައި ފޯނު ކޯލަކަށް ޖަލްސާއަށް ނުގޮސް ޒިންމާ އަދާ ނުކޮށް ކޮން ހަޅޭކެއް ޔޫއޭއީ ވަޒީރުކަން ހަމަ ޖެހެނީތީ؟އަނގަ ފަޅަނީ