Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
އިޖުތިމާޢީ

ފުލުހުންގެ ޚިދުމަތުން ރައްޔިތުންގެ ހިޔާލު ހޯދުމަށް ބާއްވާ ފޯރަމް ފޮނަދޫ ހިމެނޭހެން ތިންރަށެއްގައި ބާއްވައިފި

ފުލުހުންގެ ޚިދުމަތުން ރައްޔިތުންގެ ހިޔާލު ހޯދުމަށް ބާއްވާ  ފޯރަމް ފޮނަދޫ ހިމެނޭހެން ތިންރަށެއްގައި ބާއްވައިފި

ދިވެހި ފުލުހުންގެ ޚިދުމަތުގެ ކުރިއަށް އޮތް ފަސްއަހަރުގެ ސްޓްރެޓެޖިކް ޕްލޭން އެކުލަވާލުމަށް ރައްޔިތުންގެ ހިޔާލު ހޯދުމަށް ބާއްވާ 'ކޮމިއުނިޓީ ފޯރަމް 2024'' ތިންރަށެއްގައި ބާއްވައިފިއެވެ.

އިއްޔެ މި ފޯރަމްތައް ބާއްވާފައި ވަނީ، ރ. ދުވާފަރު، ގދ. ތިނަދޫ އަދި ލ. ފޮނަދޫގައެވެ.

މި ފޯރަމްތަކުގައި މުޖުތަމައުގައި މިހާރު ހުރި ރައްޔިތުންގެ ކަންބޮޑުވުންތަކާއި، މައްސަލަތަކާ ބެހޭގޮތުން މަޝްވަރާކުރުމާއި ރައްޔިތުންގެ ހިޔާލު ހޯދައި ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ހުރި ގޮންޖެހުންތަށް ދެނެގަނެ، ފުލުހުންނާއި ރައްޔިތުން ގުޅިގެން ރަނގަޅު ޚިދުމަތްތަކެއް ފޯރުކޮށްދޭނެ ގޮތްތަކާ ބެހޭގޮތުން  މަޝްވަރާކޮށްފައި ވެއެވެ.

Advertisement
Ooredoo — Truecaller (box)

މީގެ އިތުރުން، ފުލުހުންގެ ޚިދުމަތް ރައްޔިތުންނާ ގާތުން ފޯރުކޮށްދިނުމަށްޓަކައި ގާއިމުވެެފައި ހުރި އުސޫލުތަކާއި ސިޔާސަތުތައް އަދި ކުރެވެމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ފޯރަމުގެ ބައިވެރިންނަށް މައުލޫމާތުދީ މަޝްވަރާކޮށްފައި ވެއެވެ.

މި ފޯރަމްތަކުގައި ސްޓްރެޓެޖިކް ޕްލޭން އެކުލަވައިލުމަށް އެ އަތޮޅުތަކަށް ކޮމިޝަނަރ އޮފް ޕޮލިސް ކަނޑައަޅުއްވާފައިވާ ސީނިއަރ އޮފިސަރުންނާއި، ރީޖަން ކޮމާންޑަރުންނާއި އަތޮޅުތަކުގެ ކޮމާންޑަރުންގެ އިތުރުން ސްޓްރެޓެޖީ ޕްލޭނިންގ އެންޑް ޑިވެލޮޕްމަންޓުގެ މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.

ހަމަ އެހެންމެ އެ އަތޮޅުތަކުގެ ރަށްރަށުގެ ކައުންސިލުތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާއި ސަރުކާރުގެ އެހެނިހެން އިދާރާތަކާއި އެ ދެ އަތޮޅުގެ ރަށްރަށުގައި ހަރަކާތްތެރިވާ ޖަމުއިއްޔާތަކާއި ވިޔަފާރިވެރިންނާއި ރަށްރަށުގެ ކަމުވޮށިގެންވާ ފަރާތަތައް ވަނީ ބައިވެރިވެފައެވެ.

 

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް