Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
އިޖުތިމާޢީ

އާޓިފިޝަލް ބީޗުގައި އަންހެނަކަށް އަނިޔާކުރި މައްސަލައެއް ތަހުޤީގު ކުރަނީ

އާޓިފިޝަލް ބީޗުގައި އަންހެނަކަށް އަނިޔާކުރި މައްސަލައެއް ތަހުޤީގު ކުރަނީ

ރޭގެ ވަގުތެއްގައި އާޓިފިޝަލް ބީޗުގައި އަންހެނަކަށް އަނިޔާކުރި މައްސަލައެއް ފުލުހުން ތަހުޤީގު ކުރަން ފަށައިފިއެވެ.

މި ހާދިސާ ހިނގާފައި ވަނީ ރޭގެ ވަގުތެއްގައެވެ.

ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ މިފަދަ މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި އެ މައްސަލަ މިހާރު ތަހުޤީގު ކުރަމުން އަންނަ ކަމަށެވެ.

Advertisement
Allied — Dhen Online (box)

މިކަން ހާމަކޮށް އަންހެން މީހާގެ އާއިލާ މީހަކު ކުރި ޕޯސްޓެއްގައި ބުނީ އަންހެން މީހާ މޫދަށް ދިޔަ ވަގުތު ފިރިހެން މީހާ ގޮސް އަންހެން މީހާއަށް ދިން ހަމަލާތަކުގައި އޭނާގެ ބަނޑުގައާއި، ޖިންސީ ގުނަވަނުގައި ވެސް ޖަހާފައިވާ ކަމަށެވެ.

މި ހާދިސާ ހިނގި ވަގުތު އާޓިފިޝަލް ބީޗުގައި ތިބި ދިވެހިންގެ ތެރެއިން އެކަކުވެސް އެހީވެފައި ނުވާ ކަމަށާއި އެ މަންޒަރު ބަލަން ތިބި ކަމަށް އެ ޕޯސްޓުގައި ބުނެފައި ވެއެވެ. އަދި ފިރިހެން މީހާ ކުރަމުން ދިޔަ އަނިޔާ ހުއްޓުވީ ބަނގްލަދޭޝް މީހެއް ކަމަށްވެސް އެ ޕޯސްޓުގައި ބުންޏެވެ.

މީގެ އިތުުރުން އެކި ދުވަސް މަތިން އެ ފިރިހެން މީހާގެ ފަރާތުން އަންހެން މީހާ އަށް ގޯނާ ލިބެމުން އަންނަ ކަމަށާއި އަންހެން މީހާ ދިރިއުޅޭ ގެއަށް ނުވަނުމަށް ފުލުހުން އަންގާފައި ވާއިރު ފިރިހެން މީހާ އެ ގެއަށްވެސް ވަދެ ގޯނާ ކުރާ ކަަމަށް އާއިލާ މީހާގެ ޕޯސްޓުގައި ބުނެފައި ވެއެެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް