Sunday, 1 November 2026
Advertisement
HDC — Share-Below (leaderboard)
އިޖުތިމާޢީ

އެސްޓީއޯ ފާމަސީތަކުން ތެލަސީމިއާ ކުދިންނަށް ބޭސް ހަމަޖައްސަނީ

އެސްޓީއޯ ފާމަސީތަކުން ތެލަސީމިއާ ކުދިންނަށް ބޭސް ހަމަޖައްސަނީ
މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އެސްޓީއޯ ފާމަސީ މެދުވެރިކޮށް ތެލަސީމިއާ ކުދިންނަށް ބޭނުންވާ ބޭހާއި ކޮންސިއުމަބަލްސް އާސަންދަ މެދުވެރިކޮށް ލިބޭނެ އިންތިޒާމް މިހާރު ވަނީ ހަމަޖެހިފައިކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ 2024 ވަނަ އަހަރުގެ ރިޔާސީ ބަޔާން އިއްވަމުންނެވެ. ރާއްޖޭގައި ހިލޭ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދޭނެ ގޮތްވެސް ސަރުކާރުން ވަނީ ހަމަޖައްސާފައިކަމަށް ރައީސް ވިދާޅުވިއެވެ.
ގްރޭޑް 10 ނިމުމުގެ ކުރިން ދަރިވަރުންނަށް ފަސޭހައިން ތެލެސީމިއާއަށް ޓެސްޓްކުރެވޭނެ އިންތިޒާމު ވަނީ ހަމަޖެއްސިފައި.
އަދި މާލެ ސަރަހައްދުގެ އިތުރުން، އަތޮޅު ތެރޭގެ 5 ސަރަހައްދެއްގައި ބްލަޑް ބޭންކުތައް ޤާއިމުކުރުމަށްވެސް ކަނޑައެޅިފައިކަންވެސް ރައީސް ހާމަކުރެއްވިއެވެ، މީގެ އިތުރުން އާސަންދައިގެ އެހީތެރިކަން ރައްޔިތުން ބޮޑަށް ބޭނުންވާ ޙާލަތްތައް ބަލައި، އެފަދަ ކަންކަމަށްވެސް ހައްލު ހޯދައިދިނުމުގެ މަސައްކަތްވެސް ސަރުކާރުން ވަނީ ފަށާފައިކަމަށް ރައީސް ވިދާޅުވިއެވެ. މި ސަރުކާތުން ވަނީ "އައިވީއެފް ޓްރީޓްމަންޓް" ހިމެނޭހެން ދަރިމައިވުމާގުޅޭ ފަރުވާގެ ޚިދުމަތްތަކަށް އަދި އަންހެނުންނަށް ދިމާވާ ޞިއްޙީ ބައެއް ޚާއްޞަ ޙާލަތްތަކާ ގުޅޭ ފަރުވާތަކަށްވެސް އާސަންދަ ހަމަޖައްސައިދީފައިކަމަށް ރައީސް ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް