Saturday, 31 October 2026
Advertisement
Ooredoo — Airfibre (leaderboard)
ސަރުކާރު

ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ އިންޓެލިޖެންސް އޮޑިޓުގެ ފައިނަލް ރިޕޯޓް ރައީސްއަށް ހުށަހަޅަނީ

ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ އިންޓެލިޖެންސް އޮޑިޓުގެ ފައިނަލް ރިޕޯޓް ރައީސްއަށް ހުށަހަޅަނީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ނުރައްކާތެރި ޓެރަރިސްޓް ހަމަލާއާ ގުޅޭ އިންޓެލިޖެންސް އޮޑިޓެއް ހެދުމަށް ފަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަށް މި ހަފްތާ ތެރޭގައި ހުށަހަޅާނެކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ.

ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން އިންޓެލިޖެންސްގެ އޮޑިޓެއް ހަދަން ހަތަރު ބޭފުޅުންގެ ކޮމިޓީއެއް އެކުލަވައިލައި އެކަން ކުރަން ރައީސް ޞޯލިހް ވަނީ މިދިޔަ ޖޫން މަހު އަންގަވައިފައެވެ.

އެއާ އެކު ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒާސް އޮފީސް އައިޝަތު ނޫޝީން ވަހީދު އިސްކޮށް ހުންނަވާ ރައީސް އޮފީހާއި އެޓާނީ ޖެނެރަލްގެ އޮފީހުގެ އިސް ބޭފުޅުންތަކެއް ހިމެނޭ ކޮމިޓީން ވަނީ އެ ހަމަލާގެ އިންޓެލިޖެންސް އޮޑިޓް ހެދުމުގެ މަސައްކަތް ފަށައިފައެވެ.

Advertisement
HDC — Sidebar (box)

މިކަމާ ބެހޭ ގޮތުން އޮންލައިން މީޑިޔާ "އަވަސް"އަށް މައުލޫމާތު ދެއްވަމުން ރައީސް އޮފީހުގެ ސްޕޯކްސް ޕާސަން މަބްރޫކް އަޒީޒް ވިދާޅުވީ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން ސަލާމަތީ ޚިދުމަތް ދޭ މުއައްސަސާތަކުގެ އިންޓެލިޖެންސް އޮޑިޓްގެ ފައިނަލް ރިޕޯޓް މި ހަފްތާ ތެރޭގައި ރައީސް ޞާލިހަށް ލިބިވަޑައިގަންނަވާނެ ކަމަށެވެ.

https://dhen.mv/88313

 

ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާއާ ގުޅޭ އެެއްވެސް އިންޓެލިޖެންސް މައުލޫމާތެއް ލިބިފައި ނުވާކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ ވިދާޅުވެފައެވެ. އަދި އެކަމާ ގުޅިގެން އެހާ ބޮޑު ހާދިސާއެއް ހިނގައިދިޔަ އިރު އިންޓެލިޖެންސް ފެއިލްވި ސަބަބު ބަލަން ޖެހޭ ކަމަށާއި އެމްއެންޑީއެފާއި ފުލުހުންގެ އިންޓެލިޖެންސްގެ އޮޑިޓެއް ހަދާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް