ޚަބަރު ސަރުކާރު ސިޔާސީ

ރިޔާސީ ބަޔާނުން ދިވެހިވަންތަ ވެރިކަމެއް ޤާއިމު ކުރެވުނު ކަމުގެ ހިތްހަމަޖެހުން ލިބިއްޖެ: އަބްދުއްރަހީމް

ޙައްވާ އިނާޝާ ، ދެން އޮންލައިން

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މިއަދު އިއްވެވި ރިޔާސީ ބަޔާނުން ދިވެހިވަންތަ ވެރިކަމެއް ޤާއިމު ކުރެވުނު ކަމުގެ ހިތްހަމަޖެހުން ލިބިއްޖެ ކަމަށް ރައީސްގެ އެޑްވައިޒަރު, ސީނިއަރ މިނިސްޓަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

އަބްދުއްރަހީމް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލިސް މި އަހަރަށް ހުޅުވުމުގެ ޖަލްސާގައި ރައީސް މުޢިއްޒު އިއްވެވި ރިޔާސީ ބަޔާނާ ގުޅޭ ގޮތުން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އަބްދުއްރަހީމ ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް މިއަދު ރައީސް މުޢިއްޒު އިއްވެވި ރިޔާސީ ބަޔާނުން ދިވެހީންގެ ރާއްޖެއަކަށް މިސްރާބު ސީދާވެއްޖެކަން ދިވެހީންނަށް ޔަގީންވެއްޖެ ކަމަށެވެ.

ހަމަ އެހެންމެ ދިވެހިވަންތަ ވެރިކަމެއް ޤާއިމު ކުރެވުނު ކަމުގެ ހިތްހަމަޖެހުން ރައްޔިތުންނަށް ލިބިއްޖެ ކަމަށް އަބްދުއްރަހީމް ވިދާޅުވެފައި ވެއެވެ.

މީގެ އިތުރުން މާ އުފާވެރި މާދަމާއެއް ހޯއްދަވައި ދެއްވާނެކަން ކަށަވަރު ވެއްޖެ ކަމަށް ވިދާޅުވެ، އަދުރޭގެ ޕޯސްޓު ނިންމާލާފައި ވަނީ ރައީސް މުޢިއްޒުއަށް ޝުކުރު އަދާ ކުރައްވަމުންނެވެ.

ދިވެހިވަންތަ ވެރިކަމެއް ޤާއިމު ކުރެވުނު ކަމުގެ ހިތްހަމަޖެހުން ރައްޔިތުންނަށް ލިބިއްޖެ ކަމަށް އަބްދުއްރަހީމް ވިދާޅުވެފައި ވާއިރު ދިވެހި ގައުމިއްޔަތު ދިރުވާ އާލާކޮށް ދިވެހީންގެ ގައުމީ ތަރިކަ ސަލާމަތްކުރުމަށް އެކަމަށްޓަކައި ޚާއްސަ ވުޒާރާއެއް ރައީސް މުޢިއްޒުގެ ސަރުކާރުން ވަނީ އުފައްދަވާފައެވެ. އަދި ދިވެހި ޤައުމިއްޔަތު ދިރުވުމަށް ދިވެހި ޤައުމިއްޔަތު ވަކި މާއްދާއެއްގެ ގޮތުގައި ރާއްޖޭގެ ޤައުމީ މުގައްރަރުގައި ހިމަނައިގެން އަންނަ ދިރާސީ އާ އަހަރު ކިޔަވައިދޭން ފެށުމަށްވެސް ރައީސް މުޢިއްޒުގެ ސަރުކާރުން ވަނީ ނިންމާފައެވެ.

މިއަދު އިއްވެވި ރިޔާސީ ބަޔާނަކީ ރައީސް މުޢިއްޒު ވެރިކަމާއި ހަވާލު ވުމަށްފަހު ރައީސް މުޢިއްޒު އިއްވެވި ފުރަތަމަ ރިޔާސީ ބަޔާނެވެ.

  1. I wonder how much work goes into creating a website this excellent and educational. I’ve read a few really good things here, and it’s definitely worth saving for future visits.