ޚަބަރު

ތާރީހުން ފިލާވަޅު ލިބިގަނެ، ގައުމުގެ ހައްގުގައި ކަމަރު ބަނުމަށް މުއިއްޒު ގޮވާލައްވައިފި

އަފްރާޙް ޢަބުދުއްރަޝީދު ، ދެން އޮންލައިން

ތާރީހުން ފިލާވަޅު ލިބިގަނެ، ގައުމުގެ ހައްގުގައި ކަމަރު ބަނުމަށް ކުރީގެ ހައުސިން މިނިސްޓަރު އަދި ޕީޕީއެމްގެ ނައިބު ރައީސް ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.

Ads by MWSC

ދިވެހިރާއްޖޭގެ މިނިވަންކަން ބީވެ އިނގިރޭސިންގެ އަޅުވެތިކަމަށް ރާއްޖެ ދިޔުމާއި ގުޅޭގޮތުން މުއިއްޒު މީގެ ކުރިން ދެއްކެވި ވާހަކަފުޅެއްގެ ވީޑިއޯ ޓުވިޓާގައި ހިއްސާ ކުރައްވަމުން އޭނާ ވިދާޅުވީ ލޯ ކުރިމަތީގައި ނިއުޅެމުންދާ ހަގީގަތްތަކަށް ލޯ މަރާލާ ޣާފިލުވެގެން ތިބެއްޖެނަމަ ގައުމުގެ މިނިވަންކަމާ، އިސްތިޤްލާލަށް ލިބިގެން ހިނގައިދާނޭ ގެއްލުމާމެދު ވިސްނަން ޖެހޭނެ ކަމަށެވެ.

"ތާރީހުން ފިލާވަޅު ލިބިގަނެ، ނިކަން ހޭއަރައި، ގައުމުގެ ހައްގުގައި ކަމަރު ބަންނަމާތޯ." މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ހިއްސާ ކުރެއްވި ވީޑިއޯކޮޅުގައި އެމަނިކުފާނު ވިދާޅުވެފައި ވަނީ އިނގިރޭސިން 19 ވަނަ ގަރުނުގެ ތެރޭގައި ދިވެހިންގެ ތެރޭގައި ވެރިކަމަށް ދަހިވެތިވާ ބަޔަކާ ގުޅިގެން މާލޭގެ އެކި ތަންތަނުގައި ހުޅުޖަހައި ރޯކުރަން ފެށިކަމަށެވެ. އަދި އޭރު ރާއްޖޭގައި އުޅުނު އިންޑިއާގެ ބުމްބާ ވިޔަފާރިވެރިން ފިހާރަތަކުގައި ރޯކޮށް އެތަނުން މީހެއްގެ ގަޔަށް ވަޅި ޖެހި ކަމަށް މުއިއްޒު ވިދާޅުވިއެވެ. އެކަންކަން ކުރުމުގެ ބޭނުމަކީ އޭރު ރާއްޖޭގެ ވެރިއަކަށް ހުރި ރަދުންނަށް ރާއްޖޭގެ އަމަން އަމާންކަން ނުބެހެލެއްޓޭކަން ދެއްކުން ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!