Saturday, 31 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ރައީސް ބުރުނީގައި؛ ވިދާޅުވީ ރަށްގިރުމާއި، ބަނދަރު މައްސަލަ ހައްލުކޮށްދެއްވާނެ ކަމަށް

ރައީސް ބުރުނީގައި؛ ވިދާޅުވީ ރަށްގިރުމާއި، ބަނދަރު މައްސަލަ ހައްލުކޮށްދެއްވާނެ ކަމަށް

ތ.ބުރުނީ ރައްޔިތުންގެ އެދުމާއި އެއް ގޮތަށް، އެ ރަށަށް ދިމާވެފައިވާ ރަށް ގިރުމުގެ މައްސަލަ ހައްލުކުރުމާއި އެކު ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް ފައްޓަވާނެކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.

މިއަދު ބުރުނީ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެ ރަށުގެ ރައްޔިތުންނަށް ދަތިވެފައިވާ ކަންތައްތައް ހައްލުކުރުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރާނެ ކަމަށެވެ. ރައީސް ވިދާޅުވި ގޮތުގައި އެ ރަށުން ކައުންސިލުން އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި ފާހަގަކުރެއްވީ ރަށްގިރުމުގައި މައްސަލައެވެ. އޭގެ ސަބަބުން އާއްމުންގެ ދިރިއުޅުމަށް ކުރިމަތިވަމުންދާ ގެއްލުމެވެ. އަދި ލޯކަލް ޓޫރިޒަމަށްވެސް އޭގެ ނޭދެވޭ އަސަރުކުރާމުންދާ ކަަމަށް ވިދާޅުވިއެވެ. އިގްތިސާދީ ކުރިއެރުން ހޯދައި ދިނުމަކީ ސަރުކާރުގެ މުހިއްމު ސިޔާސަތެއްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެ ރަށުގެ ފަތުރުވެރިކަމަށް ހުރަސްތަކެއް ކުރިމަތިވާން ސަރުކާރުން ނޭދޭ ކަމަށެވެ.

''..މިހާރު އެ ހުއްޓިފައި އޮތް މުހިއްމު އެ މަޝްރޫއު އަޅުގަނޑު އިރާދަކުރެއްވިއްޔާ ބަލާނަން ވީހާވެސް އަވަހަށް އެއަށް ބޭނުންވާ ކަންތައްތައް އަވަހަށް ފެށި އަވަހަށް ކުރިއަށް ގެންދިޔުމަށްޓަކައި ސަރުކާރުގެ ތެރެއިން މިނިސްޓްރީގެ ތެރެއިން ކުންފުންޏާ ވާހަކަ ދެކެވި އެ ކުރަންޖެހޭ ހުރިހާ ކަމެއް ކުރެވި އިރާދަކުރެއްވިއްޔާ އަވަހަށް ކުރިއަށް ގެންގޮސް ރައްޔިތުން ބޭނުންވާ ގޮތަށް ނިންމައިދޭން. އެ ޔަގީންކަން ދެން'' ރައީސް ވިދާޅުވިއެވެ.

Advertisement
Allied — Dhen Online (box)

އެ ރަށުގެ ބަނދަރުގެ މައްސަލައާ ގުޅޭ ގޮތުން ރައީސް ވިދާޅުވީ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ސޮއިކޮށްފައިވާ ކަމަށެވެ. ނަމަވެސް އަމަލީ މަސައްކަތް އޮތީ ނުފެށިއެވެ. އެކަމަކު މި ސަރުކާރުން އެ މަސައްކަތް މި ސަރުކާރުން ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.

އެމަނިކުފާނު ވިދާޅުވީ ބުރުނީގެ އިތުރުން އެތައް ރަށެއްގެ ބަނދަރު ހެދުމުގެ އެއްބަސްވުމުގައި ސޮއިކޮށް މަސައްކަތް ނުފެށި އެބަހުރި ކަމަށާއި ހިނގަމުންދާ އަހަރުގެ ބަޖެޓަކީ މިސަރުކާރުގެ އަމިއްލަ ޕްލޭންގެ ތެރެއިން މަޝްރޫއުތަކަށް ފައިސާ ހިމެނުމަށް ފުރުސަތު ލިބުނު ބަޖެޓެއް ނޫންކަމަށް ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް